އިސްރާއީލްގެ ޑޮކްޓަރުންގެ ޓީމެއް. ފޮޓޯ: ޓައިމްސް އޮފް އިސްރާއީލް
ދުނިޔެ
14 Apr 2025 | 13:37
ޢައްޒާގައި ދެން އިތުރަކަށް ކެތެއްނުވާނެ. ބޭނުންވަނީ ހަނގުރާމަ ހުއްޓާލަން: ޔަހޫދީ މިލިޓަރީ ޑޮކްޓަރުން

އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ޢައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހައްދުފަހަނަ އަޅައިގެން ގޮސްފައިވަނިކޮށް، ޢައްޒާގައި ދެން އިތުރަށް ކެތްކުރެވެން ނެތްކަމަށް ބުނެ އެޤައުމުގެ ޑޮކްޓަރުން ޝަކުވާކުރަން ފަށައިފިއެވެ.

އިސްރާއީލްގެ ޗެނަލް 13 އިން ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވަނީ، އިސްރާއީލްގެ މިލިޓަރީ ޑޮކްޓަރުން ޢައްޒާއިން ފޭބުމަށްއެދި 200 އަށްވުރެ ގިނަ ޑޮކްޓަރުންގެ ޕެޓިޝަނެއް ތައްޔާރުކޮށްފައިވާކަމަށެވެ. ޕެޓިޝަނުގައި ޑޮކްޓަރުން ބުނީ، ޢައްޒާގައި ދެން އެމީހުންނަށް އިތުރަށް ކެތްކުރެވެން ނެތްކަމަށާއި ހުރިހާ ޑޮކްޓަރުންވެސް މިހާރުތިބީ ވަރުބަލިވެފައިކަމަށެވެ.

"ޢައްޒާގައި ތިބޭވަރަށްވުރެ އަހަރެމެންގެ ލޮޑުވެއްޖެ. ސިފައިންގެ އެކި ޔުނިޓްތަކުގައި ބަންދުވެފައިތިބި ޑޮކްޓަރުން ދޫކޮށްލައި، އެންމެން ބޭނުންވަނީ ދެން މިތަނުން ނިކުންނަށް" ޕެޓިޝަނުގައި ލިޔެފައިވެއެވެ.

ޖެނިންގައި ހަރަކާތްތެރިޔާ ޔަހޫދީ ސިފައިންގެ ބަޔަކު... ފޮޓޯ: ރޮއިޓާސް

ޔަހޫދީ މިލިޓަރީ ޑޮކްޓަރުން ޕެޓިޝަނުގައި އިތުރަށް ބުނެފައިވަނީ، އިސްރާއީލް ސިފައިން ޢައްޒާގައި ފެށި ހަނގުރާމައިގެ މަޤްސަދު އޮޅުވާލައި މުޅިން އެހެންކަމަކަށްގޮސް ގެއްލިއްޖެކަމަށެވެ. އަދި މިއީ ވަކިބަޔަކު ސިޔާސީގޮތުން ވަކި މަޤްސަދުތަކެއް ހާސިލްކުރުމަށް ގެންދާ ހަނގުރާމައެއްކަމަށްވެސް ޔަހޫދީ ޑޮކްޓަރުންގެ ޓީމުން ތައްޔާރުކުރި ޕެޓިޝަނާ ގުޅޭގޮތުން ލިޔެފައިވެއެވެ.

އިސްރާއީލްގެ ބައެއް މީޑިއާތަކުންވެސް ވަނީ ޢައްޒާގައި ކުރަމުންގެންދާ ހަނގުރާމައިގައި މިހާރު އިސްރާއީލް ސިފައިންގެ ސަފުތައް ވަރަށްބޮޑަށް ބައިބައިވެއްޖެކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން މިހާރު އިސްރާއީލްގެ ސިފައިންގެ ބައެއް ހަމަލާތައް ދެނީ އެއްވެސް ގޮތެއްފޮތެއް ނެތި ކޮމާންޑުން ބޭރުންކަމަށް އިސްރާއީލްގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަލްޖަޒީރާއިން ބުނާގޮތުގައި އިސްރާއީލް ސިފައިންގެ ސަފްތައް މިހާރުވަނީ ވަރަށްބޮޑަށް ބައިބައިވެފައެވެ. އެގޮތުން 1،600 ސިފައިންނާއި އަަލަށް ހަނގުރާމައިގެ މައިދާނާ ގުޅުނު ސިފައިން ވަނީ ޢައްޒާ ހަނގުރާމަ އިތުރަށް ކުރިއަށްގެންދިއުމަށް ބޭނުން ނުވާކަމަށް ބުނެ ރަސްމީކޮށް އެކަން އެމީހުންގެ ކޮމާންޑަރުންނަށް ހުށަަހަޅާފައެވެ. 

އިސްރާއީލް ސިފައިން ޢައްޒާގައި ހިންގަމުންގެންދާ ޖަރީމާތަކުގައި މިހާރު އެންމެބޮޑު އިސްކަމެއްދީގެން ހަމަލާތައް ދެނީ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށެވެ. އިސްރާއީލުން މިފަހުންފެށި ޢައްޒާ ގަތުލު އާއްމުތަކުގައި މިހާތަނަށް 60،000 ހާހަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި ޒުވާން ފުރައިގެ ކުދިންނެވެ. އިސްރާއީލްގެ އަމަލުތައް މިގޮތަށް ހުރުމުން ޢައްޒާގައި އިސްރާއީލް ސިފައިން ހިންގަމުން އަންނަ ޖަރީމާތައް ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކަކުން ސިފަކުރަނީ ނަސްލު ނައްތާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.