ލިވަޕޫލް ސަޕޯޓަރުން ބާސެލޯނާ ކުޅުންތެރިން ތިބޭ ހޮޓަލުގެ ބޭރުގައި ހަވާ އަރުވައިފި

07 May 2019 | 21:27

ލިވަޕޫލް ސަޕޯޓަރުން ބާސެލޯނާ ކުޅުންތެރިން ތިބޭ ހޮޓަލުގެ ބޭރުގައި ހަވާ އަރުވައިފިއެވެ.

ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލް އަދި ބާސެލޯނާ މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ލިވަޕޫލް ސަޕޯޓަރުން މިމޭރުމުން ކަންތައް ކޮށްފައިވަނީ ބާސެލޯނާ ކުޅުންތެރިންގެ ނިދި ނަގާލަން ކަމަށް ލަފާކުރެވެއެވެ.

މަންޒަރު ދުއް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ހަވާ އެރުވި މީހުންވަނީ މެސީއަށް ''ވޭކްއަޕް ކޯލެއް'' ދެނީ ކަމުގައި ބުނެ އަޑުގަދަ ކޮށްފައެވެ.

މި ދެޓީމް ބައްދަލުކުރި ފުރަތަމެ ލެގުގެ މެޗް 3-0 ކުން ބާސެލޯނާ ކާމިޔާބު ކޮށްފައިވާއިރު އިނގިރޭސި މީޑިއާތަކުން ދަނީ މި އަމަލަކީ ލިވަޕޫލްއަށް ސަޕޯޓް ކުރާ ފަރާތްތަކުން އެ ކްލަބަށް އެހީތެރިވެދެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭން ހިންގި އަމަލެއް ކަމުގައި ސިފަ ކޮށްފައެވެ.

ސަލާހް އަދި ފިރްމީނޯއަށް މިރޭގެ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު ލިވަޕޫލް އޮތީ ހުސްއަތާ ސީޒަން ނިންމާލުގެ މަގުމަތީގައެވެ. އިނގިރޭސި ލީގުގައި ހުރިހާ ޓީމަކަށް އެންމެ މެޗެއް ބާކީ އޮތްއިރު ލީގް ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު ލިވަޕޫލްއަކަށް ނެތެވެ. 

Advertisement

ކޮމެންޓް

Advertisement