މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު: ފޮޓޯ/ މަޖިލިސް.
ހަބަރު
15 Apr 2025 | 13:22
ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް އިސްރާޢީލު ޕާސްޕޯޓް މަނާކުރުމުގެ ބިލަށް އެމްޑީޕީން ޚިޔާލުހުށަނޭޅި: ފަލާޙު

އިސްރާޢީލު ޕާސްޕޯޓް މަނާކުރަން ހުށައެޅި ބިލު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދިޔައިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށްވެސް ހުށައެޅުމަށް ތަކުރާރުކޮށް ސިޓީ ފޮނުއްވެވި ކަމަށާ އެހެން ނަމަވެސް، އެ ޕާޓީއިން ބިލަށް ޚިޔާލު ހުށަނޭޅިކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްރާއީލް ޕާސްޕޯޓް މަނާ ކުރުމާއި ގުޅޭ ގޮތުން ކޮމިޓީން އެކުލަވާލު ރިޕޯޓަށް ބަހުސް ކުރުން ކުރިއަށް ގެންދިޔައިރު، އެމްޑީޕީ ބައެއް މެންބަރުން ވަނީ ކޮމިޓީން އެ ބިލް ފާސްކޮށްފައިވާ ގޮތަށް ފާޑުވިދާޅުވެ، އެއިން އިސްރާއިލަށް ފައިދާވާނެ ކަމަށް ވިދާޅުވެފައެވެ. 

އެވާހަކަތަކާއި ގުޅުވައި، މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އިސްރާޢީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ފެށިފައިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް، ނުވަތަ އަދުގެ ސަރުކާރުގައި ނޫން ކަމަށެވެ. އެއީ އެތައް ޒަމާނެއް ކުރިން ހިނގަމުން އަންނަ ކަމެއް ކަމަށާ، އޭގެ ފަހުން ރާއްޖޭގައި އެތައް އެތައް ވެރިކަމެއް އައިސް ނިމި ގޮސްފައިވާ ކަމަށެވެ.

”(ނަމަވެސް) މިފަދަ ނިންމެވުމެއް ނިންމާކަށް ނުކެރުނު.“ ފަލާޙް ވިދާޅުވިއެވެ.

މިއާއެކު ފަލާޙް ވިދާޅުވީ، ޔަހޫދީންގެ އަނިޔާވެރިކަން އެންމެ ވަރުގަދަ ކުރި ދުވަސްވަރު، އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށާ، އޭރު އޮތީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއް ކަމަށެވެ. އަދި އެ މައްސަލާގައި އެ ސަރުކާރުންނާއި އެ މަޖިލީހުން ކުރި ކަންކަން މިހާރުވެސް ފެންނަން ހުރި ކަމަށް ފަލާޙް ވިދާޅުވިއެވެ.

"މި މައްސަލާގައި އިޒްރޭލާ ދޭތެރޭ ފިޔަވަޅެއް އެޅުމުގެ މައްސަލާގައި ޤާރާރެއް ހުށައެޅުން ފިޔަވައި އެއްވެސް ކަމެއް މިދިޔަ ސަރުކާރަކަށްވެސް 19 ވަނަ މަޖިލީހަކަށްވެސް ކުރެވިފަކާއެއް ނެތް."

ނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު 

ފަލާޙް އިތުރަށް ވިދާޅުވީ، އިސްރާޢީލް ޕާސްޕޯޓް މައްސަލައިގެ ބިލް ކޮމިޓީން ދިރާސާކުރަމުންދިޔައިރު، އެކަމާއި ގުޅޭ ގޮތުން އެކި ފަރާތްތަކުގެ ޚިޔާލު ހޯއްދެވިކަމަށެވެ.

އެގޮތުން ބިލަށް ޚިޔާލު ހުށައަޅަން އެދި އިދިކޮޅު އެމްޑީޕީއަށްވެސް ތަކުރާރުކޮށް ސިޓީ ފޮނުއްވި ކަމަށާ، ނަމަވެސް އެޕާޓީގެ މެންބަރުން ޚިޔާލު ހުށައަޅުއްވާފައިނުވާ ކަމަށް ފަލާޙު ވިދާޅުވިއެވެ.

މިއީ ކޮންކަހަލަ ކަމެއްތޯ، މިކަން ކުރީމަ ވާނީ ކިހިނެއްތޯ، މިކަން ކުރާނީ ކިހިނެއްތޯ، މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟. އެހެން ނަމަވެސް، މި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ޕާޓީ، އެމްޑީޕީ، ތަކުރާރުކޮށް ސިޓީ ފޮނުވިން މި ކޮމިޓީއަށް އައިސް މިއާ ދާެތެރޭ ދެކޭ ގޮތެއް ދަންނަވާލަދޭށޭ. ނުކެރުނު. ހުމާ ރަޖާލާފަ ތިބީ، ނުކެރުނު. ކީއްތަ ވާނީ 241 ކޮމިޓީގައި، ލައިވްކޮށް ދަންނަވަން، ތިމަންނަ މެންނަށް ފެނެޔޭ ތި މަނާ ކުރަން. އެއިން ބޭފުޅަކު ލޯވެސް ދިއްކޮށްނުލި. ސިޓީ ލިބުނު ކަމަށްވެސް ނުހެދި. ހަތަރު ފަސް ފަހަރަށް ސިޓީ ފޮނުވި. 

ނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު 

ފަލާޙް ވިދާޅުވީ، މިކަމުން ދޭހަކޮށްދެނީ އެމްޑީޕީ މެންބަރަކު މި ބިލު ހުށައެޅި ނަމަވެސް، ހުށައެޅި ނިޔަތް ގޯސްކަން ކަމަށެވެ.

"ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ދޭހަކޮށްދިނުމުގެ ގޮތުން މި ކަން މި ކުރަނީ. އިޒްރޭލު ޕާސްޕޯޓުގައި އެތެރޭވާން ހުއްދަ ނުދޭނަން. އެމްޑީޕީގެ ނިޔަތަކަށްވީ އަޅުގަނޑުމެންނެއް މިކަމެއް ނުކުރާނޭ. ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް ގެއްލުމެއް ދެވޭނޭ." ފަލާޙު ވިދާޅުވިއެވެ.

ފަލާޙު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ފަލަސްޠީނުގެ މުސްލިމުންގެ ދިފާޢުގައި މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމުން އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މުޅިން މަނާވާނެއެވެ.

ކޮމެންޓް
އިއްބެ
އެމްޑީޕީމީހުންނަކީ ފަލާހުކަހަލަ މަކަރުވެރި ދޮގުވެރިއަކު ޖަހާހައިބެރަކަށް ނަށާނޭބައެއްނޫނެވެ
15 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.