މީގެކުރިން އުރީދޫއިން ބޭއްވި މުބާރާތެއްގެ ތެރެއިން... ފޮޓޯ: އުރީދޫ
ވިޔަފާރި
16 Apr 2025 | 22:00
އުރީދޫ ނޭޝަންގެ އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ ނޭޝަންގެ އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އޭޕްރީލް މަހުގެ 27 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން ހުރިހާ ރިސޯޓްތަކަށްވެސް ފުރުސަތު ހުޅުވާލާފައިވާކަމަށް އެކުންފުނިން ބުންޏެވެ. އޮންލައިން ކޮށް ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގައި ޖުމްލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ލިބެއެވެ.

މީގެ އިތުރުން ޕަބްޖީ އަށް އަދި މޮބައިލް ލެޖެންޑްސް އަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މި ޕްރައިޒް ޕޫލް ބަހާލެވިފައިވަނީ އެއްވަނައަށްދާ ފަރާތަކަށް 5000 ރުފިޔާ، ދެވަނައަށްދާ ފަރާތަކަށް 3000 ރުފިޔާ، އަދި ތިންވަނައަށްދާ ފަރާތަކަށް 2000 ރުފިޔާއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް، ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނޭކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ މިފަދަ މުބާރާތެއް ކުރިއަށްގެންދިއުމަށް ނިންމީ މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން މިއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެއްކަމަށް އެކުންފުނިން ބުނެއެވެ. ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުންދާކަމަށް އުރީދޫއިން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.