ވެމްކޯގެ ކުޅުންތެރިން އެސޯސިއޭޝަން ކަޕްގެ ތައްޓާ އެކު، މިއީ އެޓީމުން މިމުބާރާތް ވިދިވިދިގެން ކާމިޔާބު ކުރި ފަސްވަނަ ފަހަރު.-- ފޮޓޯ: ނިޝާން އަލީ
ކުޅިވަރު
18 Apr 2025 | 05:03
އެސޯސިއޭޝަން ކަޕްގެ ތަށި ކުލަބު ވެމްކޯ އިން ދިފާއުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެ ރޭ ޕޮލިސް ކުލަބާއި ކުލަބު ވެމްކޯ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ވެމްކޯ އިން މުބާރާތުގެ ޗެންޕިއަންކަން ވިދިވިދިގެން ފަސްވަނަ ފަހަރަށް ހޯދައިފިއެވެ.

ޕޮލިސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީގެ ފުރަތަމަ މެޗުގައި ތިން ސެޓް ދެ ސެޓުން ކުލަބު ވެމްކޯ ބަލިކޮށްފައެވެ. އަދި ވެމްކޯ ފައިނަލުން ޖާގަހޯދީ ސެމީގެ ތިންވަނަ މެޗުގައި ތިން ސެޓް ދެ ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކުލަބު ވެމްކޯ ކާމިޔާބުކުރިއިރު، ދެވަނަ ސެޓާއި ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕައްޓިޔާ ޖުއަންގްޖަން އެވެ.

2019 އަހަރުން ފެށިގެން މިހާތަނަށް ބޭއްވުނު އެސޯސިއޭޝަން ކަޕްގެ ހަތަރު މުބާރާތުގެ ފައިނަލުގައި ވެސް ވެމްކޯ އިން ޕޮލިސް ކުލަބު ބަލިކޮށްފައިވާއިރު، ޕޮލިސް ކުލަބުން މިމުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

މި އަހަރުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައި ވަނީ، އައިޝަތު މާޖިދާ (ކުލަބު ވެމްކޯ)، އާމިނަތު އަރީޝާ (ޕޮލިސް ކުލަބު)، ހައްވާ ރާޝިދާ (ޕޮލިސް ކުލަބު)، މަރިޔަމް އަޒުމާ (ޕޮލިސް ކުލަބު)، ނަރީމާ އިދުރީސް (ކުލަބު ވެމްކޯ)، ފާތިމަތު ޖޫޒަން ޒަރީރު (ކުލަބު ވެމްކޯ) އަދި ނުހާ ވަހީދު (ކުލަބު ވެމްކޯ) އެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ކުލަބު ވެމްކޯގެ އައިޝަތު މާޖިދާ އެވެ. އަދި މިއީ އޭނާ ޖެހިޖެހިގެން މި މަގާމު ހޯދި ހަތަރުވަނަ ފަހަރެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހުރާގެ އައިޝަތު ދީމާ ނަދީމް ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ. އަދި މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ ހުރާ ކޮމިއުނިޓީ ކްލަބުންނެވެ.

ޖުމްލަ އަށް ޓީމު ވާދަކުރި މި މުބާރާތުގެ ކޮންމެ ގުރޫޕަކުން އެންމެ ގަދަ ތިން ޓީމު، ހޮނިހިރު ދުވަހު ފަށާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވާދަކުރާއިރު، އޭގެތެރޭގައި ހިމެނެނީ ކުލަބު ވެމްކޯ، ޕޮލިސް ކުލަބު، ހުރާ ކޮމިއުނިޓީ ކުލަބު، ފްލެކްސާ ސްޕޯޓްސް ކްލަބް، ސިޓީ ފްރެންޑްސް ކްލަބް އަދި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ (ޖީޖީ) އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.