އެންސްޕާގެ ސީއީއޯ ހީނާ ވަލީދު---ފޮތޯ: ރައީސް އޮފީސް
ހަބަރު
20 Apr 2025 | 09:32
މާޗް މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 25 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އެންސްޕާ

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެންސްޕާ މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 25 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ހިދުމަތް ބޭނުންވާ ކުދިންގެ ތެރެއިން އެންސްޕާގައި ރެޖިސްޓްރީވެފައިވާ ކުދިންގެ އަދަދާއި އޭގެ ތެރެއިން ރާއްޖޭން ބޭރުގައި ދިރިއުޅޭ ކުދިންގެ އަދަދުގެ މައުލޫމާތު ހޯދުމަށް އެންސްޕާގައި އެދިލެއްވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް އެވެ.

މި މަހުގެ 1 ވަނަ ދުވަހު މެންބަރު މުހައްމަދު އިބްރާހިމް އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެ އިދާރާ އިން ވަނީ އެ ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ. މެމްބަރު މުހައްމަދު އިބްރާހިމް ވަނީ އެންސްޕާއިން ފޮނުވި މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް 675 ފަރާތަކަށް އެހީ ހަމަޖައްސާދީފައިވާ ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ފަރާތްތަކަށް ޖުމްލަ 25.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ޕްރޮގްރާމު މެދުވެރިކޮށް އެހީ ހަމަޖައްސައިދިން 18 އަހަރުން ދަށުގެ ކުދިންގެ އަދަދަކީ 652 އެވެ. އެއީ ޖުމްލަ 24.8 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ހިމެނޭ 30 ކުދިން ހިމެނޭ އެވެ. އެކުދިންނަށް ވަނީ 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

އެންސްޕާ އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ އަހަރު 1،087 މީހަކަށް ޖުމްލަ 96.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ ތެރޭގައި:

* 18 އަހަރުން ދަށުގެ 1،031 ކުދިން ހިމެނޭއިރު އެ ކުދިންނަށް 94 މިލިއަން ރުފިޔާ

* ރާއްޖެއިން ބޭރުގައި އުޅޭ 54 ކުއްޖަކަށް4.2 މިލިއަން ރުފިޔާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީ ނުލިބުމާއި އެފަދަ ކުދިންނަށް މާލީ، ޖިސްމާނީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ސޯޝަލް ޕޮޓެކްޝަން އެޖެންސީ (އެންސްޕާ) ނުކުޅެދިފައިވާ ކަމަށް ބުނެ، އެކަމުގެ ތަހުގީގެއް ހިންގައިދިނުމަށް އެދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.