ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ހަބަރު
20 Apr 2025 | 21:07
ރައީސްގެ ވިސްނުންފުޅު ހާމަކުރައްވައިފި، ބޭނުންފުޅުވަނީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމެއް

އިންތިހާބުތައް ބޭއްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅު އެމަނިކުފާނު މިރޭ ހާމަކުރައްވައިފި އެވެ.

ރައީސް އެކަން ހާމަކުރެއްވީ އެމަނިކުފާނުގެ "ވަޓްސްއެޕް" ގެ ރަސްމީ ޗެނަލްގަ އެވެ. އެ ޗެނަލްގައި ކުރެެއްވި ޕޯސްޓެއް ގައި ރައީސް ވަނީ އެމަނިކުފާނު ވަކާލާތު ކުރައްވަނީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ކަަމަށް ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވިއިރު ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ދާން ސަރުކާރަށް ތާއީދު ކުރާ މީހުން ދަނީ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ. މި ނިޒާމުގައި ރިޔާސީ އިންތިހާބު ގައި ދެވަނަ ބުރެއް ނޯންނާނެ އެވެ.

މި ނިޒާމުގައި އެ މީހަކު ވޯޓް ދޭނީ އެންމެ ރަނގަޅު ކެންޑިޑޭޓުން ތަރުތީބުވާ ގޮތަކަށެވެ. އެންމެ ރަނގަޅު ކެންޑިޑޭޓާކައި ދެވަނައަށް ރަނގަޅު ކެންޑިޑޭޓާއި ތިންވަނައަށް ރަނގަޅު ކެންޑިޑޭޓް މިހެން ފާހަގަވާ ގޮތަށެވެ. އެ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެނަމަ ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނާނެ އެވެ.

މި ނިޒާމު ރާއްޖެއާ އަވައްޓެރި އިންޑިއާ އަދި ލަންކާގައި ވެސް އެބަ އޮތެވެ. ނަމަވެސް ހުރިހާ އިންތިހާބެއްގައި އެ ގޮތަށް އަމަލެއް ނުކުރެ އެވެ. ލަންކާގައި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު ގައި ވެސް ނަތީޖާ ނެރެފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓް ނުލިބުމުން ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނައިގެންނެވެ.

މި ނިޒާމަށް އަމަލުކުރާ ގައުމުތަކުން ވެސް އެކި އުސޫލުތައް ހަދާފައި ހުރެ އެވެ. ބައެއް ގައުމުތަކުގައި ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން ރޭކުކޮށް ވަނަ ދޭން ޖެހެ އެވެ. ނަމަވެސް ލަންކާ ފަދަ ގައުމުތަކުގައި އޮންނަނީ އެންމެ ރަނގަޅު ތިން ކެންޑިޑޭޓުން ފާހަގަ ކުރުމެވެ.

ދެވަނަ ބުރެއް ނޯންނަ ގޮތަށް ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ތާއީދު ކުރައްވާކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ހާމަ ކުރައްވާފަ އެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ މި ނިޒާމަށް ތާއީދު ނުކުރައްވާ ކަަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.