ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ: ފޮޓޯ/ ޕެންޝަން އޮފީސް
ހަބަރު
21 Apr 2025 | 15:45
ޕެންޝަނާ ގުޅޭ މައްސަލަތައް ހައްލުކުރަންވާނީ މިހާރު ލިބޭވަރު މަދުނުވާ ގޮތަށް: ސުޖާތާ

ޕެންޝަނާ ގުޅިގެން ހުރި މައްސަލަތައް ހައްލުކުރަންވާނީ މިހާރު ލިބޭވަރު މަދުނުވާ ގޮތަށް ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕެންޝަން އޮފީހާއި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކޮށްފައިވާއިރު، އެ ބައްދަލުވުމުގައި، ރާއްޖޭގައި ޕެންޝަން ދިނުމުގައި ހުރި މައްސަލަތައް ހައްލު ކުރުމާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މިހާރު ޢަމަލުކުރަމުންދާ ޕެންޝަނާއި ބެހޭ އުސޫލު ދޫކޮށްލައި، ސިވިލް ސާވިސްގެ މުވައްޒަފުންވެސް ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށަށް ގެންނަން ބޭނުންވާކަން ހާމަކުރައްވާފައެވެ. އެކަމަށްޓަކައި ޕެންޝަނާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހްތަކާއި ސިވިލް ސާވިސްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާޙްތަކާ ގުޅޭ ގޮތުން އެ ދެމުވައްސަސާގެ ޚިޔާލު ހުރިގޮތް ހިއްސާކުރެއްވުމަށް ވަނީ އެދިލައްވާފައެވެ. 

ނާޒިމްގެ ވާހަކަފުޅާއި ގުޅިގެން، ވާހަކަ ދައްކަވަމުން ސުޖާތާ ވިދާޅުވީ ޕެންޝަން ގާނޫނު ވުޖޫދަށް އައިތާ މިހާރު 15 އަހަރުވެފައިވާ ކަމަށެވެ.

އެބަ ކުރިއަށްދޭ އެކިއެކި ނިޒާމްތައް. ދާއިރުގައި، މިހާރުގެ އެކްސްޕެކްޓޭޝަންވެސް ކޮންމެސް ވަރަކަށް މީޓް ކުރެވޭ މިޑްލް ގްރައުންޑެއްގައި އަޅުގަނޑުމެން މަސައްކަތްކުރުން ވަރަށް މުހިންމު. އެބަޔަކަށް ލިބެމުންދާއެއްޗެއް ހުއްޓުން ނޫނިއްޔާމު، މަދު ވެގެން، އެ އެކްސްޕެކްޓޭޝަނަށްވުރެ މާ މަދުވެގެންދިޔުމަކީ އެހާ އެދެވޭ ގޮތަކަށް ނުވާނެ ރިފޯމް ގެންނައިރަކު. ރިފޯމެއް ގެންނައިރު އެންމެ މުހިންމު އެއް ކަމަކީ ކަޓް އޮފް ޑޭޓެއް ކަނޑައެޅުން،

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް 

ސުޖާތާ ވިދާޅުވީ، ޕެންޝަނުގެ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނީ އެކަންކަމަށް ބަލައިގެން ކުރިއަށް ދިޔުމުން ކަމަށެވެ. 

ޝުޖާތާ އިތުރަށް ވިދާޅުވީ، މިހާރު އޮތް ޕެންޝަން ގާނޫނުގެ ދަށުން ހުރިހާ ކަމެއްވެސް ކުރިއަށްދަނީ، ޑިފައިންޑް ކޮންޓްރިބިޔުޓަރީ ސިސްޓަމަކަށް ކަމަށާ، އެހެންކަމުން، އެ ޕެންޝަނަށް ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން އިތުރަށް ދައްކަންޖެހޭ ފައިސާއެއް ނުހުންނާނެ ކަމަށެވެ. އެހެނީ، މުވައްޒަފު ރިޓަޔަރ ވެގެންދާއިރު އެ ފައިސާ ރައްކާ ކުރެވިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއާއެކު ސުޖާތާ ވަނީ ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކުގެ ސަބަބުން ޚަރަދުތައް ބޮޑުވެ، ތަފާތުކުރުން ބޮޑުވެފައިވާ ނިޒާމެއް އުފެދިފައިވާކަން ފާހަގަކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް ޕެންޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާއިރު އޭގެ ބޭރުން ކޮންޓްރިބިއުޝަނަކާ ނުލައި ދޭ ޑިފައިންޑް ބެނިފިޓްގެ ސަބަބުން، އެ ޤާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވާން ބޭނުންވާ މީހުން މަދުވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު 65 އަހަރުން މަތީގެ އާބާދީ %4 ހުރިއިރު ބޭސިކް ޕެންޝަނަށް މަހަކު 100 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށާ، 2030އާ ހަމައަށްދާއިރު 65 އަހަރުން މަތީ މީހުންގެ އިންސައްތަ %7 އަށް އަރާނެ ކަމަށް ލަފާ ކުރެވޭއިރު މީގެ ސަބަބުންވެސް ޕެންޝަނަށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.