ބަގްދާދް މިލިޓަރީ މައުރަޒުގެ އީރާން ސްޓޯލް.. ފޮޓޯ: ޝަފަޤް
ދުނިޔެ
22 Apr 2025 | 20:20
ބަގްދާދު މިލިޓަރީ މައުރަޒުގައި މީޑިއާތަކުގެ ނަޒަރު އީރާންގެ ސްޓޯލަށް!

އިރާގުގެ ވެރިރަށް ބަގްދާދުގައި ކުރިއަށްދާ "ބަގްދާދް މިލިޓަރީ އެކްސްޕޯ 2025" ގައި އީރާނުގެ ސްޓޯލަށް މީޑިއާތަކުގެ ނަޒަރު ހުއްޓިއްޖެއެވެ.

ބަގްދާދުގައި ކުރިއަށްދާ މި މައުރަޒުގައި ދުނިޔޭގެ ބައެއް ޤައުމުތަކުން ބައިވެރިވާއިރު، މި މައުރަޒުގައި އެންމެބޮޑު ސަމާލުކަމެއް ލިބިގެންގޮސްފައިވަނީ އީރާނުގެ ސްޓޯލަށެވެ. އެގޮތުން އަރަބި ގިނަ މީޑިއާތަކެއްގެ ސަމާލުކަން ލިބިގެންގޮސްފައިވަނީ، މި މައުރަޒުގައި ކަނަކަށްވާގޮތަށް ބަހައްޓާފައިހުރި ޑްރޯންއަށެވެ. 

މި ޑްރޯންއަކީ އީރާނުގައި އުފެއްދުމެއްކަމަށްވާ "ޝާހިދު 136" ނަމަކަށް ކިޔާ ޑްރޯންއެވެ. މިބާވަތުގެ ޑްރޯންއަކީ ރަޝިއާއިން ޔުކްރެއިނަށް ހަމަލާދިނުމުގައި ވަރަށްގިނައިން ބޭނުންކުރި ޑްރޯނެކެވެ. މީގެ އިތުރުން އީރާނުން މިދިޔަ އަހަރުގެ އޭޕްރިލްމަހު އިސްރާއީލަށް ހަމަލާދިންއިރު އެޤައުމުން ވަނީ މި ޑްރޯން ބޭނުންކޮށްފައެވެ. މި ޑްރޯންއަކީ 200 ކިލޯގެ ގޮވާތަކެތި އުފުލޭ އަދި 2،500 ކިލޯ މިޓަރު ދުރަށް ގޮސް ހަމަލާދިނުމުގެ ގާބިލުކަން ލިބިގެންދާ އީރާނުގެ އަމިއްލަ އުފެއްދުމެކެވެ. ގިނަބަޔަކު އެންމެބޮޑު ޝައުގުވެރިކަމެއް ލިބިގެންގޮސްފައިވަނީ މިފަދަ ދަނޑިވަޅެއްގައި އީރާނުގެ އަސްކަރިއްޔާއިން އެތަކެތި ދައްކާލުމުންނެވެ. 

ބަގްދާދް މިލިޓަރީ މައުރަޒުގެ އީރާން ސްޓޯލް.. ފޮޓޯ: ޝަފަޤް

"ބަގްދާދް މިލިޓަރީ އެކްސްޕޯ 2025 ގައި މިފަހަރު 14 ޤައުމަކުން އެޤައުމުތަކުގެ އަސްކަރިއްޔާގެ އިތުރުން 30 ޤައުމަކުން ބައިވެރިވެއެވެ. މި މައުރަޒަކީ ބިމާއި، ކަނޑާއި ވައިގެ އޮޕަރޭޝަންތަކުގައި އަސްކަރިއްޔާތަކުން ބޭނުންކުރާ ފަހުގެ ޓެކްނޮލޮކޯ ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.

މި މައުރަޒުގައި ޗައިނާ، ދެކުނު ކޮރެއާ، ޖަޕާންގެ އިތުރުން މެދުއިރުމައްޗާއި އޭޝިއާގެ ޤައުމުތަކުގެ ދިފާއީ ވުޒާރާތަކާއި، ހަތިޔާރާއި ޓެކްނޮލޮޖީ ކުންފުނިތަކުން ބައިވެރިވެއެވެ. މިހިނގާ ފެބުރުއަރީމަހުގެ 19 ވަނަ ދުވަހު ފެށި މި މައުރަޒު މިއަދު ނިމޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.