ޢީދު އުފާ އިމުގެތެރޭ ފޯރަމްގެ ތެރެއިން: ފޮޓޯ/ ހުޝާން
ދީން
27 Apr 2025 | 14:00
”ޘަޤާފަތުގެ ތެރެއިން ކުރަމުން އައި ކަމެއް ނަމަވެސް، ޝަރުޢީ އުސޫލުން މަނާވާނަމަ، އިސްކަންދޭންވާނީ ދީނަށް“

ޘަޤާފަތުގެ ތެރެއިން ކުރަމުން އައި ކަމެއް ނަމަވެސް، ޝަރުޢީ އުސޫލުން ބަލާއިރު އެކަން މަނާވާނަމަ، ޘަޤާފަތަށްވުރެ ބޮޑަށް އިސްކަންދޭންވާނީ އިސްލާމް  ދީނަށް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

"އީދު އުފާ އިމުގެތެރޭ" ނަމުގައި ބޮޑު ކެމްޕެއިނެެއް ފެށުމަށް، އދ. ދަނގެތީގައި ހުކުރު ދުވަހުގެރޭގައި ބޭއްވުނު ފޯރަމްގައި ވާހަކަދައްކަވަމުން، ޝެއިޚް ސަމީރު ވިދާޅުވީ، ރަސޫލާ ﷺ  މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު، މަދީނާގެ އަހުލުވެރިންވެސް ދެ ޢީދެއް ފާހަގަކުރަމުން އައި ކަމަށެވެ. އަދި އެމީހުންގެ ތެރޭގައިވެސް ކުޅިވަރުކުޅުމާއި މަޖާކުރުން ކުރިއަށް ދިޔަ ކަމަށެވެ.

ނަމަވެސް އެ ދެޢީދުގެ ބަދަލުގައި މުސްލިމުން ފާހަގަކުރާ ދެޢީދު، ޢީދު ކަމުގައި ފަހުން ކަނޑައެޅިގެންދިޔަކަން ޝެއިޚް ފާހަގަކުރެއްވިއެވެ. އަދީ އެމީހުންވެސް ކުރަމުން އައި ކަންކަމުގެ ތެރޭގައި ހިމެނޭ އިސްލާމް ދީނާ ޚިލާފް ކަންކަން ރަސޫލާ ﷺ މަނާކުރެއްވި ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

އެހެންކަމުން ރާއްޖޭގައިވެސް ޘަޤާފީގޮތުން ކުރެވެމުން އައި ކަންކަން ކަމުގައި ވިޔަށް، އަޅުގަނޑުމެން އަޅާކިޔަން މިޖެހެނީ، އިސްލާމްދީނުގެ އިމުގެ ތެރޭގައި އެކަންކަން ހިމެނޭތީ ނުހިމެނޭތޯ… ދިނުގައި މަނާކޮށްފައި އޮތް ކަންކަން ނުހިމަނޭ ގޮތަށް ކޮންމެ ކުޅިވަރެއް ކުޅުނަސް އެއީ މައްސަލައެއް ނޫން. ޖުވާ ހިމެނިގެން ނުވާނެ، ދެ ޖިންސު މަސްހުނިވެގެން ނުވާނެ. މިޔުޒިކު ހިމެނިގެން ނުވާނެ. އެކަންކަން ހުރިނަމަ އެކަން މަނާވެގެންދާނެ. 

އައްޝައިޚް އަޙުމަދު ސަމީރު

މީގެ އިތުރުން ޝެއިޚް ވިދާޅުވީ، ޢީދު ފާހަގަކުރުމުގެ ގޮތުން ތާރަ ޖެހުމަކީ ހުއްދަ ކަމެއް ނަމަވެސް، އޭގައި ގިގުނި ފާޑުގެ އެއްޗެހި ލައިގެން މިޔުޒިކު ކުޅޭ އެހެން ސާމާނު ބޭނުން ކުރާ ނަމަ އެވެސް ޙަރާމް ވެގެންވާނެ ކަމަށެވެ. އަދި ތާރަ ޖެހުނު ކަމުގައިވެސް ބެރަކީ ހުއްދަ އެއްޗެއް ނޫންކަމަށާ އެއީ ޙަރާމް އެއްޗެއްކަން ސުންނަތުން އެނގޭ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

އެހެންވީމާ ޘަޤާފަތުގެ ތެރެއިން އަޅުގަނޑުމެން ކުރަމުން އަންނަ ކަމެއް ކަމުގައި ވިޔަސް، އެކަމެއް، ޝަރުޢީ އުސޫލުން މަނާވާނެ އޮވެއްޖެއްޔާމުން އަޅުގަނޑުމެން އިސްކަންދޭންވާނީ އަޅުގަނޑުމެންގެ ދީނުގައި އޮންނަ ގޮތަށް. 

އައްޝައިޚް އަޙުމަދު ސަމީރު

ޢީދު އުފާ އިމުގެތެރޭ ފޯރަމްގެ ތެރެއިން: ފޮޓޯ/ ހުޝާން

މީގެ އިތުރުން ދިވެހިން ޘަޤާފަތޭ ބުނާއިރު، އެ ޘަޤާފަތް ބިނާވެގެންވާނީ ދިވެހި ދައުލަތް އެ އަސާސެއްގެ މައްޗަށް ބިނާވެފައުވާ އެންމެ މަތީ ބަހާ ކަމުގައިވާ އިސްލާމް ދީނުގެ ހަމަތަކުގެ މައްޗަށް ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

އެހެންކަމުން އެހެން ދީނެއްގެ ކަންކަމާއި އިސްލާމްދީން މަނާ ކުރާ ކަންކަން ހިމަނައިގެން، ދީނުގެ ޝިޢާރެއް ފާހަގައެއް ނުކުރެވޭނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

”އެހެންވީމާ ޘަޤާފަތެއްނޫން މީގައި އިސްވާނީ. އިސްވާނީ ދީނީ ޝަރުޢީ ހަމަ.“ 

އައްޝައިޚް އަޙުމަދު ސަމީރު

"އީދު އުފާ އިމުގެތެރޭ" އަކީ ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ "ފަލަސް" ހަރަކާތުން ފެށި ކެމްޕެއިނެކެވެ. "ފަލަސް" ހަރަކާތަކީ މިދިޔަ އަހަރު އުފެއްދި ހަރަކާތެކެވެ. އެއީ ރާއްޖޭގެ ދައުވަތުގެ މައިދާނުގައި އެންމެ ހަރަކާތްތެރި ޖަމިއްޔަތުއް ސަލަފުގެ އިސް ނެގުމަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން ޖަމިއްޔާއެއް ހިމެނޭގޮތަށް އިފްތިތާހު ކުރި ހަރަކާތެކެވެ.

އެ ހަރަކާތުން "އީދު އުފާ އިމުގެތެރޭ" ނަމުގައި ޚާއްސަ ކެމްޕެއިނެއް ފެށީ އީދުގެ ހަރަކާތްތައް އިސްލާމްދީނުގެ އިމުގެ ތެރޭގައި އެ ދީން ހުއްދަ ކުރާ ގޮތަށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.