ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ....ފޮޓޯ: ރައީސް އޮފީސް...
ހަބަރު
28 Apr 2025 | 15:30
އަމާޒަކީ މިނިވަންކަމަށް 70 އަހަރު ފުރޭއިރު، ރާއްޖެ އެއްކޮށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން: ރައީސް

އަމާޒަކީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 70 އަހަރު ފުރުމުގެ ކުރިން ރާއްޖެ އެއްކޮށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބޭއްވި ދިވެހިރާއްޖެ- މެލޭޝިޔާ، ވިޔަފާރި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއަކީ އެންމެ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި "ވިޝަން 2040" ގެ ނަމުގައި މަޝްރޫއުއެއް ފަށާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަކީ މުތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި މިހާތަނަށް ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު މިހާރު އިޢުލާންކޮށްފައިވާއިރު މެރިޓައިމް ދާއިރާ އާއި އެއަރޕޯޓް ތަރައްގީ ކުރުމާއި އިއާދަކުރަނިވި ހަކަތައަށްވެސް އިންވެސްޓް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައިވެސް އެހީތެރިކަން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރާއްޖެއިން އެކަނި މި އުންމީދުތައް ހާސިލެއް ނުކުރެވޭނެ، ކުރިއެރުންތައް އެންމެ ރަނގަޅަށް ހާސިލް ކުރެވެނީ އަހަރެމެން އެކަކު އަނެކަކަށް އެހީތެރިވެގެން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވިއެވެ

ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަންކަން ހާސިލް ކުރުމަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް ހުޅުވާލާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ރިއަލްއެސްޓޭޓާއި ފަތުރުވެރިކަމާއި ޕޯޓް ލޮޖިސްޓިކްސް އާއި މެރިކަލްޗަރ އާއި އިއާދަކުރަނިވި ހަކަތައާއި ވެލިއު އެޑެޑް އެކްސްޕޯޓްސް ފަދަ ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތުތައް އެބަހުރި ކަމަށާއި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިންވެސް ޚާއްސަ ފުރުސަތުތަކެއް ހުޅުވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މިދިޔަ އަހަރު ތަސްދީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށާއި ރާއްޖޭގައި އިންވެސްޓްކޮށްގެން މެލޭޝިއާގެ ކުންފުނިތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން މެރިޓައިމް އަދި ލޮޖިސްޓިކް ދާއިރާއިން ގިނަ ފުރުސަތުތައް އެބަހުރި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީވެސް އިންވެސްޓަރުންނަށް ފައިދާވާނެ ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސަރުކާރުން މެލޭޝިއާ އާއެކު ދޭދޭ ގުޅުމުގެ އިތުރުން އިޤްތިޞާދީ ގުޅުންވެސް ބަދަހިކުރަން ތައްޔާރަށް ތިބި ކަމަށާއި ދެ ޤައުމުގެ ގުޅުމަކީ އިތުބާރާއި ދެ ޤައުމުން ގަބޫލުކުރާ ހަމަތަކުގެ މައްޗަށް ބިނާވެފައިއޮތް ގުޅުމެއް ކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ މެލޭޝިޔާގެ ޔުނިވާސިޓީތަކުން ރާއްޖެ ފަހުރުވެރިވާ ފަދަ ހިދުމަތްތެރިން އުފައްދާފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓާރ އަހުމަދު ސައީދާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.