Advertisement

ރަސްފަންނު މޫދުން ކަޅުތެއޮ ނަގައި ސާފުކޮށްފި

މޫދަށް އެޅުނު ކަޅުތެއޮތައް ނަގާފައި.. ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ރަސްފަންނު މޫދަށް އެޅިފައިހުރި ކަޅުތެއޮ ނަގައި މިއަދު ސާފުކޮށް ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

ރަސްފަންނު ސަރަހައްދު މޫދަށް ކަޅުތެއޮ އެޅުމުގެ ސަބަބުން ފުލުހުން މިއަދު ވަނީ އެ ސަރަހައްދަށް މޫދަށް އެރި ނޫޅުމަށް އިލްތިމާސްކޮށްފައެވެ. މޫދަށް އެޅުނު ކަޅުތެއޮތައް ނަގާ ސާފުކޮށްފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިންނެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނި، ރަސްފަންނު ސަރަހައްދު މޫދުން ކަޅުތެއޮތައް ނަގައި މިހާރު ސާފުކޮށް ނިމިފައިވާކަަމަށެވެ.

ރަސްފަންނު ސަރަހައްދު މޫދަށް މީގެ ކުރިންވެސް ކަޅުތެއޮ އެޅުމުގެ މައްސަލައެއް ފެންމަތިވިއެވެ. މިގޮތުން ހިނގާފައި ހުރި ބައެއް ހާދިސާތަކަކީ ބައެއް މީހުން ގަސްދުގައި ހިންގާފައިވާ ކަންކަމެވެ. 

މީގެ އިތުރުން ކަނޑުގެ އޮޔާއި ވައި ހުންނަގޮތުން ބައެއް ފަހަރަށް އެ ސަރަހައްދަށް ތެލާއި ކުނިބުނި ޖަމާވާކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ

Advertisement

ކޮމެންޓް

Advertisement

Advertisement