މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް، މަސްވެރިއެއްގެ ޝަކުވާ އަޑުއައްސަވަނީ... ފޮޓޯ: ވޮއިސް
ހަބަރު
28 Apr 2025 | 19:53
މިއަދު މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށްވެއްޖެ: ޝިޔާމް

ދިވެހި މަސްވެރިން ދައުލަތް ދަންނަ ބަޔަކަށް ވެއްޖެކަމަށާއި، މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއްކަމަށް، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރަހުނަކާ ނުލައި މަސްވެރިންނަށް ލޯނު ލިބޭނޭ މަގުފަހިކޮށްދިނުމުގެ ގޮތުން މިއަދު ބޭންކް އޮފް މޯލްޑިވްސް އާއެކު ވެވުނު އެއްބަސްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާބައެއްގެ ގޮތުގައި ކަނޑައަޅުއްވާ ބޭންކުތަކާ ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ އެހެން ފަރާތްތަކަށް ފަހިކޮށްދެވޭ ފުރުޞަތުތަކުން މަހުރޫމް ނުވާނެ ބައެއްގެ ގޮތުގައި މަސްވެރިން ހެއްދެވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތެއްކަމަށެވެ. މިއަދު އެ ސިޔާސަތު ފުރިހަމަ ވެގެންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއަދު ދައުލަތް ދަންނަ ބައެއްގެ ގޮތުގައި މަސްވެރިން ވެއްޖެކަމަށެވެ. 

ވަޒީރު ޝިޔާމް ވަނީ މަސްވެރިްނގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާ މަސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީން ބީއެމްއެލްއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ނެޝަނަލް ފިޝަރމަންސް ރެޖިސްޓަރީގައި ދަފްތަރުވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބަލައި، އަމިއްލަ ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތައް ލިބުމަށް މަގު ފަހިވެގެންދާނެއެވެ.

މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި 300,000 ރުފިޔާއާ ހަމައަށް އަމިއްލަ ފައިނޭންސިންގ ލިބޭނެއެވެ. އެގޮތުން މޫސުމާއެކު މަސްވެރިކަމުގެ އާމްދަނީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ލޯނު އަނބުރާ ދެއްކުމުގެ ތާވަލެއްވެސް އެކުލަވާލެވިގެންދާނޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ޕާސަނަލް ފައިނޭންސިންގގެ އިތުރުން، ނެޝަނަލް ފިޝަރމަންސް ރެޖިސްޓަރީގައި ރަޖިސްޓަރީވުމަށްފަހު، މަސްވެރިންނަށް ގެ އިމާރާތްކުރުމުގެ ފައިނޭންސިންގ، ގެ ގަތުމުގެ ފައިނޭންސިންގ އަދި ގެ މަރާމާތުކުރުމުގެ ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.