ދުންފަތް މަނާކަން އަންގައިދޭ ބޯޑު: ފޮޓޯ/ ދިޔަރެސް
ހަބަރު
29 Apr 2025 | 11:01
ޖީލަކަށް ދުންފަތް މަނާކުރާ ބިލު މަޖިލީހަށް؛ 21 އަހަރު ނުވާ ނަމަ ދުންފަތް ވިއްކާ ފިހާރައެއްގެ ސޭޓަކަށްވެސް ނީނދެވޭނެ

ޖީލަކަށް ދުންފަތް މަނާކުރުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ”ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް“ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޝްރަގު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވާއިރު، ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، 1 ޖަނަވަރީ 2007 ގައި އަދި އޭގެ ފަހުން އުފަންވެފައިވާ ފަރާތްތައް ދުންފަތްބޭނުންކުރުން މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމެވެ. 

މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން މަނާކޮށްފައިވާއިރު، މި ގާނޫނު ފާސްވުމުން އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެއެވެ.

މީގެ އިތުރުން، މި ބިލުގައުވާގޮތުން، ދުންފަތް ގަންނަނީ ކޮން ޖީލެއްގެ މީހެއް ކަން ކަށަވަރުނުވާނެ ގޮތަކަށް، އޮންލައިންކޮށް ދުންފަތް ވިއްކުންވެސް ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާއިރު، އެއިން އެއްޗެއް ގަންނަ މީހަކީ، އުމުރުން 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ 2007 ވަނަ އަހަރުގެ ޖަނަވަރީ 01 ގައި ނުވަތަ އެތާރީޚްގެ ފަހުން އުފަންވެފައިވާ މީހެއް ނޫންކަން ޔަޤީންކުރުމަކީ، އެ އެއްޗެއް ވިއްކާ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމައެހެންމެ، ދުންފަތް ގަންނަ ފަރާތަކީ، ޖެނެރޭޝަން ބޭންގެ އުމުރު ފުރާގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ޝައްކު ވާނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އެ ފަރާތުގެ ޢުމުރު އަންގައިދޭ އެނޫންވެސް ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެ ފަރާތުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

ދުންފަތް މަނާވާ ޖީލުގެ މީހަކު ދުންފަތް ވިއްކުން ހުއްޓުވުމަށް އަދި އޮންލައިންކޮށް ދުންފަތް ވިއްކާއިރު ކުރަން ޖެހޭ ކަންކަމުގެ ގަވާއިދެއް ހެދުމަށް މި އިސްލާހުގެ ދަށުން މިނިސްޓްރީގެ މައްޗަށް ލާޒިމުވެއެވެ. 

މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިޔަފާރިކުރާ ތަންތަނުގައި ދުންފަތް މަނާކުރާ ޖީލުގެ މީހުނަށް އެ ތަކެތި ނުވިއްކޭނެ ކަން އަންގައިދޭ ބޯޑެއް ބަހައްޓަން ވެސް އިސްލާހުގައި ވެއެވެ. 

މި އިސްލާހުގައިވާ ގޮތުން، ދުންފަތް އުފައްދަން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ. އަދި ދުންފަތް ދެން ވިއްކޭނީ ވެސް މި ގާނޫނުގެ ދަށުން ރަސްޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު މިހާރު މަނާކޮށްފައިވާއިރު، އެ ފަދަ އާލާތެއް ބޭނުންކުރަނިކޮށް، ނުވަތަ ގެންގުޅެނިކޮށް ފެނުނަސް އެ އާލާތެއް އަތުލުމުގެ ބާރު ފުލުހުންނަށް މި ގާނޫނުން ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ