މުސްލިމް މީހާއަށް ހަމަލާ ދެނީ: ފޮޓޯ/ ޑޯމް
ދުނިޔެ
29 Apr 2025 | 12:42
ޕަހަލްގަމް ހަމަލާއާއި ގުޅިގެން އިންޑިޔާގެ މުސްލިމަކަށް ކޯރާޑިއަކުން އެތައް ފަހަރަކު ހަމަލާދީ ޒަޚަމްކޮށްލައިފި

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ޝަމްލީ ޑިސްޓްރިކްޓްގެ ޖިންޖާނާގައި މުސްލިމަކަށް ކޯރާޑީއަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.  

މި ހާދިސާގައި ސަރްފަރާޒް ނަމަކަށް ކިޔާ މުސްލިމަކަށް ހަމަލާ ދީފައިވަނީ ގޮވިންދު ނަމަކަށް ކިޔާ މީހަކެވެ. ގޯވިންދު ހަމަލާދިން މަންޒަރު ސީސީޓީވީ ކެމެރާއިން ރެކޯޑުވެފައިވާއިރު އެ ވީޑިއޯ މިހާރު އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. 

ވީޑިއޯއިން ފެންނަ ގޮތުގައި ސަރްފަރާޒް އޭނާގެ ކުޑަ ދަރިފުޅާއެކު ގޭ ބޭރުގައި އިންދާ ކުއްލިއަކަށް ގޮވިންދު އައިސް ކޯރާޑީއަކުން ހަމަލާދީފައިވެއެވެ. މި ހާދިސާ ހިނގިއިރު ގޮވިންދު ގޮވަމުން ދިޔައީ "26 މީހުންގެ ބަދަލުގައި 26 މަރާނަން" މިހެންނެވެ.

މިއީ ޖަމްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައި ދާދިފަހުން ހިނގި ޓެރަރިސްޓް ހަމަލާގައި އިންޑިޔާގެ 26 ފަތުރުވެރިއަކު މަރާލާފައިވާތީ އެމީހުންގެ ބަދަލުގައި 26 މުސްލިމުން މަރާނެ ކަމަށްބުނެ އޭނާ ދިން އިންޒާރެކެވެ. 

ސަރްފަރާޒްގެ އާއިލާއިން ބުނާ ގޮތުގައި އޭނާއަށް ހަމަލާ ދެމުން ގޮވިންދު ވަނީ "ސަލާމަތްވެވޭތޯ ބަލާބަލަ.. މިގޮތަށް މަރާނަން" އެފަދައިންވެސް ގޮވާފައެވެ. އަދި ހަމަލާދިނުމަށްފަހު އެ ހަމަލާދިން ކޯރާޑީ ހިފައިގެން އޭނާ އެ ސަރަހައްދުގައި ހިނގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާގައި ސަރްފަރާޒްގެ މޫނާއި ކަރުދަށަށް ބޮޑެތި އަނިޔާތަކެއްވެ، މިހާރު ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އޭނާގެ ހާލު ނާޒުކު ކަމަށް އާއިލާއިން މައުލޫމާތު ދޭއިރު އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރަށް އާއިލާއިން ވަނީ ފުލުހުންގެ ހިމާޔަތަށް އެދިފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށައި، ގޮވިންދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ނަމަވެސް މިއީ "ބަދަލުހިފުމުގެ ހަމަލާއެއް" ކަމަށް ބެލުމަށް ފުލުހުން ފަސްޖެހޭ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ޕަހަލްގާމްގެ ހާދިސާާދިސާއާ ގުޅިގެން އިންޑިއާގެ އެކި ސަރަޙައްދުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މީގެ ތެރޭގައި މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމާއި، މުސްލިމުން ހިންގާ ފިހާރަތަކަށް ހަމަލާދިނުމާއި، މުސްލިމު ބަލިމީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލު ތަކުން އިންކާރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.