މާލޭގެ ކެފޭއެއްގެ ތެރެއަށް ވަދެ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލިމީހާ: ފޮޓޯ/ ޕޮލިސް
ހަބަރު
29 Apr 2025 | 13:42
ކެފޭ އެއްގެ ބިއްލޫރި ރެކް ތަޅާލި މީހާ 15 ދުވަހަށް ބަންދުކޮށްފި

މާލޭގެ ކެފޭއެއްގެ ތެރެއަށް މީހަކު ވަދެ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު މުހައްމަދު ރަޒީން، 49، މ. ސްޓާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގެ ކެފޭއެއްގެ ތެރެއަށް މީހަކު ވަދެ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލި ވީޑިއޯ އާއްމުވެފައި ވާއިރު، އެއިން ފެންނަނީ މަގުމަތީ ގައި ހަޅޭލަވަމުން ދިޔަ މީހަކު ކުއްލިއަކަށް ކެފޭތެރެއަށް ވަދެ އެތަނުގައި ހުންނަ ބިދޭސީ މީހާއާ ވާހަކަތަކެއް ދައްކަން ހުރެފައި ކުއްލިއަކަށް ފައިން ޖަހާ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލާ މަންޒަރެވެ. ތަޅާލުމަށް ފަހު ހަޅޭލަވަމުން ނިކުމެގެން ދެ އެވެ.

އޭނާ އެ އަމަލު ހިންގިއިރު އެ ތަނުގައި ސައިބޯން ވެސް މީހުން ތިބެ އެވެ.

މި އަމަލު ހިންގާފައި ވާ މުހައްމަދު ރަޒީން އަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އުމުރުން 49 އަހަރުގެ އެ މީހާ އަކީ ކުރީން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.

އަދި ވައްކަމުގެ މައްސަލައެއް ގައި ވެސް ހައްޔަރު ކުރި އެވެ. ދައުވާކޮށް ޝަރީއަތަށް ސާބިތުވެ ޖަލުގައި ވެސް ގިނަ ދުވަހު ހުއްޓެވެ.

މި ފަހުން މަގުމަތީ ހަޅޭލަވާ މީހުންނަށް އުނދަގޫ ކުރަން އުޅޭ މަންޒަރު ފެނެ އެވެ. އޭނާ އެގޮތަށް އުޅޭތީ އެކި ފަހަރު މަތީން މީހުން ފުލުހަށް ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.