ވަޒީރު އަމީން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
29 Apr 2025 | 14:38
ވަޒީރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިކަން ހާމަކުރެއްވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލެވެ.

ނާޒިލް ވިދާޅުވިގޮތުގައި، މި މައްސަލަ ހުށަހަޅާފައިވަނީ، ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އާއްމުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. 

"އަޅުގަނޑުމެންގެ ޕީޖީ ގުރޫޕްގެ 12 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ އިދާރާއަށް (ވަޒީރު އަމީން) ގެ ނޯ ކޮންފިޑެންސް މައްސަލަ ވާނީ ހުށަހަޅާފައި. އޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެކި ގޮތްގޮތުން ލިބުނު މުހިންމު ކަންކަން ނޯ ކޮންފިޑެންސް އެތީގައި ހިއްސާކޮށްފައި ވާނެ" ނާޒިލް ވިދާޅުވި އެވެ.

އެމްޑީޕީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް

ނާޒިލް ވިދާޅުވީ، ވަޒީރެއް ކޮށްގެން ނުވާނެ ކަންތައްތަކެއްގެ ވާހަކަ ގާނޫނު އަސާސީގައި ބަޔާންކޮށްފައުވާ ކަމަށާ، އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން ވަޒީރު އަމީންގެ ފަރާތްޕުޅުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި ވަރަށް ބޮޑަށް ބަހުސްކޮށް މަޝްވަރާ ކުރެވުނު ކަމަށާ، އެ މަޝްވަރާ ތަކަށްފަހު އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި ކަމަށް ނާޒިލް ވިދާޅުވިއެވެ.

މި މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން ވަޒީރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު، ޕާޓީ ކުރި މީހުންގެ ތެރޭގައި އަމީންގެ އާއިލީ ދެ މީހަކުވެސް ހިމެނެއެވެ.

އެހެންކަމުން، ވަޒީރު އަމީން އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަމުންދާކަން ތަކުރާރުކޮށް އެމްޑީޕީން އަންނަނީ ފާހަގަކުރައްމުންނެވެ. ނަމަވެސް އަމީން އެކަން ދޮގު ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ