ޗައިނާއިން އުފެއްދި މަތިންދާބޯޓު.. ފޮޓޯ: އެއާޑޭޓާ ނިއުސް
ވިޔަފާރި
29 Apr 2025 | 17:21
ޗައިނާގެ މަތިންދާބޯޓު ސަރޓިފައިކުރަން އަހަރުތަކެއް ނަގާނެ: އިއާސާ

ޗައިނާއިން އުފެއްދި ސީ-919 މަރުކާގެ މަތިންދާބޯޓު ޔޫރަޕްގެ ޤައުމުތަކުގައި އުދުހުމަށް ބޭނުންވާ ހުއްދަ ދިނުމަށް އަދި އަހަރުތަކެއް ނަގާނެކަމަށް ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އިއާސާ) އިން ބުނެފިއެވެ.

އިއާސާގެ އެގްޒެކެޓިވް ޑިރެކްޓަރ ފްލޯރިއަން ގުލިމަރ ވިދާޅުވީ މިއަހަރު އެ މަތިންދާބޯޓަށް ހުއްދަ ނުދެވޭނެކަމަށާއި، އެކަން ކުރަން އަދި 3 އަހަރާއި 6 އަހަރާއި ދެމެދުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. ޔޫރަޕްގެ އެއަރބަސްއާއި އެމެރިކާގެ ބޮއިންއާ ވާދަކުރުމަށް ޗައިނާއިން އުފެއްދި ސީ-919 އަކީ ނެރޯ ބޮޑީ މާކެޓްގައި ވާދަވެރި އުފެއްދުމަކަށް ވާނެކަމަށް ޗައިނާއިން އުއްމީދުކުރެއެވެ. މި މަރުކާގެ މަތިންދާބޯޓަށް ޗައިނާއިން 2022 ގައި ހުއްދަދީ، 2023 ވަނަ އަހަރުން ފެށިގެން ޗައިނާ އަދި ހޮންކޮންގްގެ އެތެރޭގެ އުދުހުންތަކުގައި އަންނަނީ ބޭނުންކުރަމުންނެވެ.

ބައިނަލްއަޤްވާމީ ބާޒާރުގައި ޗައިނާގެ އަމިއްލަ މަތިންދާބޯޓުތައް ވިއްކުމަށް އިއާސާ ނުވަތަ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންފަދަ އިދާރާއަކުން އެމަތިންދާބޯޓެއްގެ ސަލާމަތީ ކަންކަން ފާސްކުރަން ޖެހެއެވެ. ޔޫރަޕްގެ އެޖެންސީއާއެކު ޗައިނާއިން މަސައްކަތްކުރަމުން އައިނަމަވެސް، އަދިވެސް އެމެރިކާގެ އެފް.އޭ.އޭ ގެ ހުއްދަ ހޯދަން ޗައިނާއިން މަސައްކަތެއް ނުކުރެއެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުން ތުހުމަތުކުރާ ގޮތުގައި މަތިންދާބޯޓު އުފެއްދުމަށްވެސް ޗައިނާއިން ވަނީ ހުޅަނގުގެ ބައެއް ޓެކްނޮލޮޖީތައް ނަކަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.