ބ.އަތޮޅު ރަށެއްގެ ބަނދަރު ހަދަނީ.. ފޮޓޯ: ވޮއިސް
ހަބަރު
29 Apr 2025 | 15:49
ދަރާފައިވާ ކުންފުނިތަކަށް މަޝްރޫޢުތައް ނުދޭން ފާސްކޮށްފި

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާދޭންހުރި ކުންފުނިތަކަށް ސަރުކާރުގެ މަޝްރޫޢުތައް ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބޮޑެތި އަދަދުތައް ދައްކަންހުރުމާ ގުޅިގެން, ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށްނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފާސްކުރުމަށް ހުށަހެޅުނު ކަންކަމުގެ ތެރެއިންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައިވާގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުން އެޗްޑިސީއަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާ އަދިވެސް އެބައޮތެވެ. މީގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރާތްތަކުން އެޗްޑީސީއަށް ދޭންޖެހޭ 1.2 ބިލިއަން ރުފިޔާ އާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ދޭންޖެހޭ 54.5 މިލިއަން ރުފިޔާއެވެ. 

މާލިއްޔަތު ކޮމިޓީން ވަނީ އެޗްޑީސީއަށް ފައިސާ ހޯދުމަށް 7 ކަމެއް ހުށަހަޅާފައެވެ. އެދި އެކަންކަން ވަނީ މިއަދުގެ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުުން ފާސްކޮށްފައެވެ. ފާސްކުރި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ، ބިޑަކަށް ކުރިމަތިލާ ފަރާތަކުން އެޗްޑީސީއަށް ފައިސާ ދައްކަން ޖެހޭތޯ ބެލުމަށްފަހު ނޫނީ އިތުރު މަޝްރޫޢުއެއް ހަވާލުނުކުރުމާއި، ކުނފުނިތަކުން ދޭންޖެހޭ ފައިސާ ހޯދުމަށް މައާފްދިނުމުގެ އުސޫލެއް އެކުލަވާލައި، 30 ދުވަހުގެ ތެރޭގައި އެކަން އެންގުމާއި، ސަރުކާރުން މަޝްރޫޢުއެއް ހަވާލުކުރާ ކުންފުންޏަކީ، ސަރުކާރަށްދަރާފައި އޮތް ކުންފުންޏެއްތޯ ބެލުމުގެ އިތުރުން ސަރުކާރުން ލިބެންޖެހޭ ފައިސާ އާއި ސަރުކާރުން ދޭންޖެހޭ ފައިސާ އޮފްސެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ފިނޭންސަށް އެންގުން ހިމެނެއެވެ. މީގެ އިތުރުން އިޖުތިމާއީ ޒިއްމާގެ ދަށުން ހިންގާ ކަންކަން ވީހާވެސް ދެފުށްފެންނަ ނިޒާމަކުން ކުރިއަށްގެންދިއުމަށް އެޗްޑީސީއަށް އެންގުންވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އެކަންކަން ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާގެ މައްސަލަ ބޮޑުވެފައިވާއިރު، ސަރުކާރުެގ އެއްކުންފުނިން އަނެއް ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ. މިގޮތުން އެސްޓީއޯއަށް ފެނަކައިން ބިލިއަނުން ފައިސާ ލިބެންޖެހޭއިރު، ސްޓެލްކޯއަށް ދައުލަތުގެ މީޑިއާއިން ލިބެންޖެހޭ ފައިސާ އެތައް މިލިއަނަކަށް އަރާކަމަށް އެކުންފުނިތަކުގެ މާލީ ރިޕޯޓްތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.