ޔުނިވަރސިޓީއެއްގައި ޕްރގްރާމެއް ކުރިއަށްގެންދަނީ.. ފޮޓޯ: ގެޓީ
ދުނިޔެ
30 Apr 2025 | 14:21
އޮސްޓްރޭލިއާ ޔުނިވަރސިޓީތަކުން ކޮންފިއުޝަސް އިންސްޓިޓިއުޓްތައް ބަންދުކޮށްފި

ޗައިނާގެ ބަހާއި ސަގާފަތު ކުރިއަރުވައި ފެތުރުމަށް މަސައްކަތްކުރާ ކޮންފިއުޝަސް އިންސްޓިޓިއުޓްތައް ބަންދުކުރުމަށް އޮސްޓްރޭލިއާގެ ހަ ޔުނިވަރސިޓީއަކުން ނިންމަފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޔުނިވަރސިޓީތަކުގައި ކޮންފިއުޝަސް އިންސްޓިޓިއުޓްގެ ގޮފިތައް ހިންގައެވެ. މި ތަންތަން ހިންގުމުގައި ޗައިނާ ސަރުކާރުގެ ނުސީދާ ދައުރެއް އޮވެއެވެ.

ކޮންފިއުޝަސް އިންސްޓިޓިއުޓްގެ ގޮފިތަކެއް ބަންދުކުރުމަށް އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކަކުން ނިންމީ، އެ މަރުކަޒުތައް ބޭނުންކޮށްގެން ޗައިނާއިން ޖާސޫސުކުރުމާއި، ޕްރޮޕަގަންޑާ ފެތުރުން އާއްމުވެފައިވާކަމަށް ތުހުމަތުވެފައިވާ ދަނޑިވަޅެއްގައެވެ. އޮސްޓްރޭލިއާގެ ގިނަ ޔުނިވަރސިޓީތަކަކުން ކޮންފިއުޝަސް އިންސްޓިޓިއުޓްތައް ބަންދުކުރިނަމަވެސް، އަދި ބާކީ 7 ތަނެއް އޮސްޓްރޭލިއާގައި އެބަހުއްޓެވެ. ކޮންފިއުޝަސް އިންސްޓިޓިއުޓްތައް ބަންދުކުރުމަށް ނިންމި ޔުނިވަރސިޓީތަކަކީ، ޔުނިވަރސިޓީ އޮފް މެލްބަން، ޔުނިވަރސިޓީ އޮފް ކުއީންސްލެންޑް، ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ، ޔުނިވަރސިޓީ އޮފް ނިއު ސައުތު ވޭލްސް އަދި ރޯޔަލް މެލްބަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެވެ. މީގެ ތެރެއިން ކުއީންސްލެންޑް ޔުނިވަރސިޓީއިން ބުނީ އެ ޔުނިވަރސިޓީއިން ކޮންފިއުޝަސް އިންސްޓިޓިއުޓް ބަންދުކުރީ އެތަން ހިންގަން ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ އަހަރުގެ ނިޔަލަށް ހަމަވުމުން ކަމަށެވެ. އެހެން ޔުނިވަރސިޓީތަކުންވެސް އެކި ހުއްޖަތްތައް ދައްކާފައިވެއެވެ.

އޮސްޓްރޭލިއާގެ ފެޑެރަލް ސަރުކާރުން މީގެ ކުރިން ވަނީ އިތުރު ކޮންފިއުޝަސް އިންސްޓިޓިއުޓެއް ހުޅުވަން ހުއްދަ ނުދޭނެކަމުގެ އިޝާރާތެއް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.