ކާށިދޫގައި ކުރިއަށްދާ ސީ ލައިސަންސް ކޯހުގެ ތެރެއިން.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
ކުޅިވަރު
30 Apr 2025 | 20:33
ކާށިދޫގައި އޭއެފްސީ "ސީ" ލައިސަންސް ކޯސް ފެށިގެން ކުރިއަށްދަނީ

އެމްޖީ ސްޕޯޓްސް ކުލަބާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ކުޅިވަރާއި ބެހޭ ވުޒާރާ، ކާށިދޫ ކައުންސިލް އަދި ޑަބްލިޔުޑީސީގެ އިތުރުން ނެޝަން އިސްޓިޓިއުޓް ގުޅިގެން ކ.ކާށިދޫގައި ކުރިއަށް ގެންދާ އޭއެފްސީ "ސީ" ލައިސަންސް ކޯސް ފަށައިފިއެވެ.

28 އެޕްރީލް 2025 އިން 9 މެއި 2025 ގެ ނިޔަލަށް ޖުމްލަ 30 ބައިވެރިންނާއެކު ކ.ކާށިދޫގައި ކުރިއަށް ގެންދާ މިކޯހުގައި ކިޔަވާދެއްވަނީ އޭއެފްސީ "އޭ" ލައިސަންސް ހާސިލްކޮށްފައިވާ ތަޖުރިބާކާރު ދިވެހި ދެ ކޯޗުން ކަމަށްވާ އަހުމަދު އަޒްމީ އަދި އަލީ ނިސްތާރު އެވެ.

އެމްޖީ ސްޕޯޓްސް ކުލަބުގެ ރައީސް އަލީ ޒިދާން ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދެއްވި ގޮތުގައި އެކުލަބުގެ ފަރާތުން ކާށިދޫގައި މިފަދަ ކޯހެއް ބޭއްވުމުގެ މަޤުސަދަކީ ފުޓްބޯޅައިގެ ހުނަރުވެރި ކޯޗުންތަކެއް މިރަށުގައި ބިނާކުން ކަމަށެވެ. " އުންމީދަކީ މި ކޯހުގެ ސަބަބުން ކާށިދޫގައި ހުނަރުވެރި ފުޓްބޯޅަ ކޯޗުންތަކެއް ތަމްރީނުވެ މިރަށުގެ ޒުވާނުން ތަކަކަށް މިދާއިރާއިން ކުރިއަށް ދިއުމަށް ހުޅުވިގެންދާނެ ދޮރަކަށް މި ކޯސް ވެގެންދިއުން "...

އެމްޖީ ސްޕޯޓްސް ކުލަބަކީ ކާށިދޫގެ ޒުވާނުންނަށް ކުޅިވަރުގެ އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމަށް ވަރަށް ހިންގުންތެރިކަމާއެކު އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކުލަބު ޖަމްއިއްޔާއެކެވެ. އެގޮތުން އެކުލަބުން މިހާރު ވެސް އަންނަނީ ކާށިދޫގައި ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅަ އެކަޑަމީއެއް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.