މިއްޔަތުއްސަލަފުގެ ނާއިބު ރައީސް އަދި އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް
ހަބަރު
01 May 2025 | 17:16
އެންމެ އިންތިޒާރު ކުރަނީ ވަޤުފާ ބެހޭ ޤާނޫނެއް ވުޖޫދުވާނެ ދުވަހަކަށް، މިހާރުވެސް ލަސްވެެއްޖެ: ޝެއިހް ސަމީރު

ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވަޤުފާ ބެހޭ ޤާނޫނެއް ވަރަށް މުހިންމު ކަމަށާ އެފަދަ ޤާނޫނެއް ހެދުން މިހާރު ވެސް ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށް ޖަމިއްޔަތުއްސަލަފުގެ ނާއިބު ރައީސް އަދި އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމާއި އެ ޖަމިއްޔާގެ ދުވާތުންގެ މަޖިލީސް އިފްތިތާހު ކުުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ ރާއްޖެ އަކީ ކުރީން ވަރަށް ބޮޑަށް ވަޤުފުގެ މަޝްރޫއު އޮތް ޤައުމެއް ކަމަށެވެ. ނަމަވެސް އެ މަޝްރޫއުތައް ވަޅުލެވި ގޮސްފައިވާ ކަމަށެވެ.

އަދި މާލޭގައި ހުރި ވަޤުފުގެ އެތައް ބިމެއް އަތޮޅުތެރޭގެ ރަށްރަށަށް ބަދަލުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ޝެއިހް ވިދާޅުވީ އެކަން ކުރީ ކޮން ފިގުހެއްގެ ދަށުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިހާރު އޮތް ގޮތުން ޖަމިއްޔާއެއް އުވާލާއިރު އެ ޖަމިއްޔާއަކުން ކޮށްފައިވާ ވަޤުފުގެ މަޝްރޫއުއެއް އޮތްނަމަ ދައުލަތަށް ނެގޭ ގޮތަށް އޮތުމާއި ދައުލަތުން ބޭނުންވާ ގޮތަކަށް އަމަލު ކުރަން ފުރުސަތު އޮތުމަކީ ވަޤުފުގެ މަޝްރޫއުތަކަށް ހިމާޔަތެެއް ނެތް ކަމުގެ ހެއްކެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.

މިއްޔަތުއްސަލަފުގެ ނާއިބު ރައީސް އަދި އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް މިއަދުގެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަންނަވަނީ 

އެހެން ކަމުން ވަޤުފުގެ މަޝްރޫއުތަކަށް ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަށް އެފަދަ ޤާނޫނެއް ވުޖޫދުވުން އަވަސްވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު އެންމެ އިންތިޒާރު ކުރާ އެއް ކަމަކީ ދިވެހިރާއްޖޭގައި ވަގުފާ ބެހޭ ގާނޫނު އެންމެ އަވަހަށް ވަޖޫދުވެގެން އައިސް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން އަޅުގަނޑުމެންގެ މަޝްރޫއުތަކަށް ލިބުން. އެ ވަގުފާއި ބެހޭ ގާނޫނު ރާއްޖޭގައި ނެތުމުގެ ސަބަބުން ވަގުފުގެ މަޝްރޫއުތަކަށް މިވަނީ ކުރިއަށް ދިއުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި,"

ޝެއިހް ސަމީރު ވިދާޅުވީ ސަލަފުގެ މަސައްކަތް އަމާޒު ކުރެވިފައި ވަނީ ވަޤުފުގެ މަޝްރޫއުތައް ހިންގާ އެ މަޝްރޫއުތަކުގެ ހެޔޮ ނަފާ މުޅި ޤައުމަށް ލިބޭނެ ގޮތަށް ކަމަށެވެ.

ބޭރުގެ ފަރާތަކުން ވެސް ރާއްޖޭގައި އެފަދަ މަޝްރޫއުއެއް ޤާއިމު ކުރާނަމަ ރާއްޖޭގައި އެކަމަށް އޮތް ޤާނޫނުތަކާއި ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް އޮތް މިންވަރު ބަލާނެ ކަމަށާ އެފަދަ ޤާނޫނެއް ނެތުމަކީ އެފަދަ މަޝްރޫއުތައް ގެނައުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.

ޝެއިހް ވަނީ ކިތަންމެ ލަސްވެފައި ވީނަމަވެސް ދެން އިތުރަށް ދިގު މުއްދަތެއް ހޭދަނުކޮށް ވަޤުފާއިބެހޭ ޤާނޫނެއް ވޫޖުދުކޮށް ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
މާލެ އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންޏަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
އޭތީގެ ބަރުދަނުގައި 10 ވަރަކަށްކިލޯ ހުރި މި މާވަހަރުގައި ހުދަންބަރަކުން ފެންނާނެކަމަށް ބުނާ ހުރިހާ އަލާމާތް ތަކެއް ފެންނަން ހުރިކަމަށް ވެއެވެ
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.