Advertisement

ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް

ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވަނީ، ‏މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. 

Advertisement

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 2 ވަނަ ދުވަހަކީ ވޯލްޑް ޓޫނާ ޑޭ، ނުވަތަ ދުނިޔޭގެ ކަނޑުމަހުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުގެ މަހުގެ ސްޓޮކް ބަލަހައްޓާއި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ބާރު އެޅުމުގެގޮތުންނެވެ.

ދިވެހިންގެ ލޭނަރަކީ މަސްވެރިކަމަށް ވުމުގެ އިތުރުން އެއީ ރާއްޖޭގެ އިޤްތިޞާދަށްވެސް އެ ސިނާޢަތުން ބޮޑު ފައިދާއެއް ކުރެއެވެ. އެހެން ކަމުން ދެމެހެއްޓެނިވި ގޮަތަކަށް މަސްވެރިކަން ކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދެއެވެ. އެގޮތުން، ދިވެހިންނަކީ ޒަމާނުއްސުރެ ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ، ގައުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި މަސް ބާނަނީ ދޮށީގައި ފަހަރަކު މަހެކެވެ. މިއީ ދެމެހެއްޓެނިވި މަސްވެރިކަމެކެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement