ޑައިވިން އިންސްޓްރަކްޓަރ: ފޮޓޯ/ މޯލްޑިވްސް މެގަޒިން
ހަބަރު
04 May 2025 | 12:00
ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ދިވެހިންނަށް ޚާއްޞަ ދާއިރާތަކެއް ކަނޑައަޅަނީ

ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ދިވެހިންނަށް ޚާއްސަ ދާއިރާތަކެއް ކަނޑައަޅުއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރާއްޖޭގެ މީސްމީޑިއާއާއި ބައްދަލުކުރައްވަން ބޭއްވެވި 15 ގަޑިއިރުގެ ދިގު ބައްދަލުކުރެއްވުމުގައެވެ.

މިގޮތުން ދިވެހިންނަށް ޚާއްސަކުރެއްވުމަށް ނިންމަވާފައިވާ ދާއިރާތަކަކީ:

1.     އޮޑިދޯނިފަހަރު ބަނުން

2.     މާވަޑާމުގެ ދާއިރާ

3.     ހެއަރ ޑްރެސާ އެންޑް ބިއުޓީޝަން

4.     ރިސޯޓް މިއުޒީޝަނުންނާއި ބޭންޑުތައް

5.     ކަސްޓަމަރ ސާރވިސް

6.     ހައުސްކީޕިންގ މެނޭޖަރ

7.     ފްރަންޓް އޮފީސް މެނޭޖަރ

8.     ހިއުމަން ރިސޯސަސް މެނޭޖަރ

9.     ޑައިވިން އިންސްޓްރަކްޓަރ

10.  ޓުއަރ ގައިޑުން

މި ލަނޑުދަނޑި ޙާޞިލްކުރެއްވުމަށް ކުރަންޖެހޭ މަސައްކަތައް ފާހަގަކުރައްވަމުން، ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ މިދިޔަ އަހަރު ޢިއުލާނުކުރެވުނު ނަމަވެސް  3 (ތިނެއް) އަހަރު ދުވަހަށް ބަހާލެވިގެން ކުރިއަށް ދާނެ މަޝްރޫއެކެވެ.

އޭގެ ތެރޭގައި މިކަމަށް މީހުން އަހުލުވެރިކުރުވުމާއި، ލިބިދޭންޖެހޭ ތަޢުލީމާއި ތަމްރީނު ހޯދައިދިނުމުގެ އިތުރުން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވި، 2027 އަހަރުން ފެށިގެން ދެންނެވުނު ދާއިރާތަކުގައި ދިވެހިން ފިޔަވާއެހެން އެއްވެސް ފަރާތަކަށް މަސައްކަތް ނުކުރެވޭނެކަމަށް ފާހަގަކުރެއްވިއެވެ.

އަދި މި މަޝްރޫއު އެންމެ އެކަށޭނަގޮތުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އިތުރުން ވަޒީފާދޭ ފަރާތްތަކުން ވެސް އިސްނަންގަވައިގެން މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށާއި، މި ކަމަކީ ގިނަ ދިވެހިންތަކަކަށް ވަޒީފާ ހޯދައިދިނުމުގެ މަޤްސަދުގައި ކުރެވޭ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

"އެހެންވީމަ، ކީއްތޯ ކުރަންމިޖެހެނީ، ބަޔަކު ތަމްރީނު ކުރަންއެބަޖެހޭ، އެމްޕްލޯޔާރސް މިކަމާ ވަރަށް އުޅެން އެބަޖެހޭ. ދިވެހިންނަށް ވަޒީފާ ހޯދައިދޭން މިއުޅެނީ. ބޭރުމީހުން ގެންގުޅޭވަރު މިދާއިރާއިން މަނާމިކުރަނީ، ނޫނީ ޑިސްކަރޭޖް ކުރަނީ" ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތުގައި ދެންނެވުނު ދާއިރާތަކުގައި ދިވެހިންނަށްވުރެ ގިނައިން މަސައްކަތްކުރަމުންދަނީ ބިދޭސީންނެވެ. އަދި ޚާއްސަގޮތެއްގައި މެނޭޖްމަންޓް ލެވެލްގެ ގިނަ މަޤާމުތައް އަދާހަމަށްވެސް ގިނަ ރިސޯޓްތަކުގައްޔާއި އެފަދަ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޙަރަކާތްތެރިވަމުންދަނީ ބިދޭސީންނެވެ.

މިކަމަކީ، މި ދާއިރާތަކުން ކިޔަވައިގެން ނުކުންނަ މަދު ނަމަވެސް ޒުވާނުންތަކެއްގެ ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މި ފިޔަވަޅުވެގެން ދާނީ، މި ދާއިރާތަކަށް ގިނަ ފަރާތަކެއްގެ ޝައުޤުވެރިކަން ލިބި، އެ ދާއިރާތަކުން ތަޢުލީމާއި ތަމްރީނުހޯދާ ވަޒީފާގެ މާޙައުލަށް ނިކުންނަ ފަރާތްތައް ގިނަވެގެން ދާނެކަމަކަށެވެ. ގިނަ ރައްޔިތުންތަކެއްގެ ޚިޔާލުގައި މިކަމަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމަށާއި، ވަޒީފާގެ މާޙައުލަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ޤާނޫނު ނަމްބަރ 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެދަށުން އެކުލަވާލެވިފައިވާ ގަވާއިދު ނަންބަރ R-111/2023 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ 26 ވަނަ މާއްދާގެ ދަށުން މިހާރުވެސް ރާއްޖޭގައި މަސައްކަތްކުރުމަށް ކޯޓާ ދޫނުކުރެވޭ މަޤާމުތަކެއް ކަނޑައަޅުއްވާފައިވެއެވެ.

އެ މަޤާމުތަކަކީ، ޓެކްސީ ޑްރައިވަރުން/ ކުލީ ދަތުރުކުރާ އެއްގަމު އުޅަނދުގެ ޑްރައިވަރުން، މަތިންދާބޯޓުފަހަރުގެ ކޯ-ޕައިލެޓުން/ ފަސްޓް އޮފިސަރުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން، ފޮޓޯގްރަފީއާއި، ވީޑިއޯގްރަފީއާއި، އެއާ ގުޅުންހުރި މަސައްކަތްތައް، މުނިފޫހި ފިލުވުމުގެ ދާއިރާގެ މަސައްކަތްތައް އަދި ގަވާއިދު ނަންބަރ 2020/R-81 (ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ ކޭޝިއަރުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.