05 May 2025
އެމެރިކާގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެކްސަސައިޒް "ބްލެކް މަރލިން" ފަށައިފި
އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 5 ވަނަ އެޑިޝަން 4 މެއި 2025 ގައި ފަށައިފިއެވެ. މި ޙަރަކާތް ފެއްޓެވުމާގުޅިގެން އެމްއެންޑީއެފްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވާގޮތުން، މި ޙަރަކާތަކީ މިމަހުގެ 4 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ ޙަރަކާތެކެވެ.