ވަޒީރު ޑރ. ޑރ.އިސްމާޢީލް ޝަފީޢު: ފޮޓޯ/ މަޖިލިސް
ހަބަރު
05 May 2025 | 15:04
ދިރާސީ އަހަރަށް ގެންނަ ބަދަލުން ރިސޯޓް މުވައްޒަފުންނަށް ދައްޗެއް ނާންނާނެ: ޑރ. ޝަފީޢު

ދިރާސީ އާ އަހަރުގެ އޮނިގަނޑަށް އަދުގެ ސަރުކާރުން ގެންނަވަން ނިންމަވާފައިވާ ބަދަލަކުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެންހިންނަށް އެއްވެސް ދައްޗެއް ނުވާނެކަމަށް ތަޢުލިމާބެހޭ ވަޒީރު ޑރ. ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރ އިބްރާހިމް ނާޒިލު އަމާޒުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނާޒިލުގެ ސުވާލުގައި، ދިރާސީ އާ އަހަރުގެ އޮނިގަނޑަށް މި ގެނެވުނު ބަދަލަކީ ވަރަށް ބޮޑަށް ރިސޯޓްތަކުގެ މުވައްޒަފުންނަށް އަމާޒުކުރެވިގެން ގެނެވޭ ބަދަލެއްކަމަށާއި، ރިސޯޓް މުވައްޒަފުންގެ އޮފް ސީޒަނަށް ދިމާވާގޮތަށް ކޮށްފައިވާކަމެއްކަމަށާއި، އިހުއޮތް ބޯދާ ގޮތަށް ބަދަލުކުރެއްވުމުގެ ޙިކްމަތަކީ އަދި އެކަމުގައި އޮތް ފައިދާއަކީ ކޮބައިތޯ ވެސް ވަޒީރުކުރެން އައްސަވާފައިވެއެވެ.

މި ސުވާލުތަކުގެ ޖަވާބު ދެއްވަމުން ވަޒީރު ޑރ. ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިގޮތުގައި، ރާއްޖޭގެ ފިސްކަލް އަހަރު ފެށިގެން އަންނަނީ އަހަރުގެ ޖެނުއަރީ މަހުން ކަމުގައި ވީއިރު، ބަޖެޓް ސިސްޓަމް އެތުރިފައިވާ ގޮތުން، ޖޫން/ޖުލައި ގައި ބޮޑު ޗުއްޓީ ދިނުމަށްފަހު އޯގަސްޓްމަހު އައު ދިރާސީ އަހަރެއް ފެއްޓުމުގައި ސްކޫލުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

އިތުރަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވިގޮތުގައި މި ގެންނަ ބަދަލުން، ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހީންނަކަށް އެއްވެސް ދައްޗެއް ނާންނާނެކަމަށާއި، މިބަދަލު އިންތިޒާމު ކުރެވި ހަމަޖެހިގެން އަންނާނީ އެ ދަތި އުނދަގޫ ނާންނާނެ ފަދަގޮތަކަށްކަމަށް ވަޒީރު ޔަޤީންކަން ދެއްވާފައިވެއެވެ.

ރާއްޖޭގައި 2021 އިން ފެށިގެން ދިރާސީ އައު އަހަރު ފެށިގެން އަންނަނީ އޯގަސްޓް މަހުއެވެ. ނަމަވެސް 2024 އަހަރުގެ ޖެނުއަރީ މަހު ތެރޭގައި 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލު ގެންނަވަން ވަޒީރުންގެ މަޖިލީހުންވަނީ ފާސްކުރައްވާފައެވެ.

މި ބަދަލާއެކު 2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ ކަމަށާއި ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.