ޮއޮރެންޖް ހިޔާ: ފޮޓޯ/ އެމްއެންޑީއެފް
ހަބަރު
08 May 2025 | 10:42
އޮރެންޖު ހިޔާގެ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި، ސިއްޙީ ވުޒާރާއާ ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ، އެމްއެންޑީއެފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.  

ތެލަސީމިއާ ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމީ ދާދި ފަހުން ތެލަސީމިއާ ސެންޓަރުގައި ހިނގައިދިޔަ ކަންކަމަށް ބައްލަވާ، އެތަނުގެ ޙާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްގެ ގޮތުގައެވެ.

މީގެ އިތުރުން، ތެލަސީމިއާ ޕޭޝަންޓާއި އެހީތެރިޔާއަށް ހިލޭ އެމްޓީސީސީ ބަހުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަންވެސް މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ދެއްވާފައެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ "ރައްޔިތުންނާއެކު" މި ނަމުގައި އެމަނިކުފާނު ކުރިޔަށްގެންދަވާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެތަނުގެ ހިދުމަތް ހޯދަން ހަމަ ވަރަށް ގިނަ މާލޭގައި ތިބި ތެލެސީމިއާ ކުދިން ވެސް ދާނެ. އަޅުގަނޑު މި ކަނޑައެޅީ، އެމްޓީސީސީގައި މި އޮންނަ ބަސް ސާވިސްގެ ތެރެއިން އެތަނަށް ހާއްސަ  ބަސް ސްޓޮޕެއް ކަނޑައަޅަން، އެތަނަށް މަޑުކުރާ ގޮތަށް.  އެތަން ހުޅުވެން ވާއިރަށް، އޮރެންޖް ހިޔާ  ހުޅުވެން ވާއިރަށް ހުންނާނީ ހަމަޖެހިފައި" - ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އަދި، ސެންޓަރުގައި މަސައްކަތް ކުރަމުންދާ ނަރުހުންގެ އަދަދު މަދުވުމުން، އެ ދަތިކަން ޙައްލުކުރެއްވުމަށްވެސް ރައީސް ވަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެތަނުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ކުރެވެމުން ދާއިރު، އެ މަސައްކަތްތަށް އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުންދާކަމީ، މިކަމަށް އެމަނިކުފާނު ދެއްވާ އަޙައްމިއްޔަތު ކަމުގެ އަލިގަދަ ޙެއްކެކެވެ.

ދުނިޔޭގެ ތެލަސީމިއާދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިކަން ވެގެންދަނީ، ގިނަ ޢާއިލާތަކަކަށް ވަރަށް އުފާވެރި ޚަބަރަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.