އިންޑިއާގެ ފައިޓާ ޖެޓް: ފޮޓޯ/ އެން.ބީ.ސީ ނިއުސް
ހަބަރު
07 May 2025 | 10:01
ޕާކިސްތާނުގެ ރައްދު ޙަމަލާ - އިންޑިއާގެ 5 ފައިޓާ ޖެޓް ވައްޓާލައިފި

އިންޑިއާއިން ވަނީ ޕާކިސްތާނަށް ރޭ ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ ފަސް ފައިޓާ ޖެޓާއި ގިނަ ޑްރޯން ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން  ބުނެފިއެވެ. 

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް މީޑިއާތަކަށް ޚަބަރު ދެއްވަމުން ވިދާޅުވި ގޮތުގައި، އިންޑިއާއިން ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގެ ސިފައިން ވަނީ އިންޑިއާގެ ފަސް މަތިންދާބޯޓާއި ގިނަ ޑްރޯންތަކެއް ވައްޓާލާފައެވެ. މަޢުލޫމާތު ވަޒީރު ޢަޠާއުالله ތަރާރުވެސް މިކަން ކަށަވަރުކުރައްވައި، އެ މަތިންދާބޯޓުތައް ވައްޓާލާފައިވަނީ އެކި ސަރަޙައްދުތަކުގައި ކަމަށް ވިދާޅުވިއެވެ.

އަދި ޕާކިސްތާނުގެ ހަތިޔާރުއެޅި ބާރުތަކުން އިންޑިއާގެ ގިނަ މަރުކަޒުތަކަކަށް ހަމަލާދީ، ދުޝްމަނުގެ ބްރިގޭޑް ހެޑްކުއާޓަރސް ވަނީ ހަލާކުކޮށްލާފަކަމަށް ޕާކިސްތާނުގެ ނޫސްތަކުން މަޢުލޫމާތު ދެއެވެ.

އިންޑިއާއިން ބުނި ގޮތުގައި ރޭ އެ ޤައުމުން ދިން މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ އާބާދީ ބޮޑު ޕަންޖާބު ސޫބާއާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ނުވަ ސަރަޙައްދެއްގައި ހުރި "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" އަށެވެ.

ޕާކިސްތާނުން ބުނި ގޮތުގައި ބުދަ ދުވަހުގެ ހަމަލާތަކުގައި އަންހެނުންނާއި ތިން އަހަރުގެ ކުޑަކުއްޖަކު ހިމެނޭ ގޮތަށް އަށް މީހުން މަރުވެ، 35 މީހުންނަށް ޒަޚަމްވެފައިވެއެވެ.

މި ހަމަލާތައް ދީފައިވަނީ ހަ ސަރަޙައްދަކަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މި ހަމަލާތައް ސިފަކުރެއްވީ "ހަނގުރާމައިގެ ޢަމަލެއް" ގެ ގޮތުގައެވެ.

މި ހަމަލާތައް ދީފައިވަނީ އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ފަތުރުވެރިންނަށް ދިން މަރުގެ ހަމަލާއަށް ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެ މަރުގެ ހަމަލާގައި މަދުވެގެން 25 އިންޑިއާ ރައްޔިތުންނާއި އެއް ނޭޕާލް ރައްޔިތަކު މަރުވިކަމަށް އެ ޤައުމުގެ މީޑިއާތަކުން ހާމަކުރެއެވެ.

މިހާދިސާ ހިނގާފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. އެ ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވާފައިވަނީ އެ ޤައުމުގެ އަވައްޓެރި ޕާކިސްތާނުގެ މައްޗަށެވެ. ނަމަވެސް ޕާކިސްތާނުން އެ ހަމަލާގައި ބައިވެރިވި ކަމަށް ދެކޮޅު ހަދާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.