ރައީސް ޑރ.މުޙައްމަދު މުއިއްޒު "ރައްޔިތުންނާއެކު" ޕޮޑްކާސްޓް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 May 2025 | 14:36
ތެލަސީމިއާ ސެންޓަރު 10 ދުވަހުގެތެރޭގައި ހޮސްޕިޓަލެއްގޮތަށް ހިންގަންފެށޭނެ: ރައީސް

ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާރވިސް، ދިހަ ދުވަހުގެ ތެރޭގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ އަޑު ނަމުގައި ކުރިއަށްގެންދާ ޕޮޑުކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ތެލަސީމިއާ ސެންޓަރަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ  މަސައްކަތް ފެށިގެން ދިޔަކަމަށާއި، އެގޮތުން މިއަދާއި ހަމައަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތެލަސީމިއާ ސެންޓަރ މާލޭގައި ހިންގަމުން ދިޔަ ތަން، ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ އިމާރާތަކަށް ބަދަލުކުރެވިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އެ ތަނަކީ ވަރަށް ޖާގައިގެ ގޮތުން ތަނަވަސް، ވަޞީލަތްތައް ރަނގަޅު ތަނެއްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިތަން ތައްޔާރުކުރެވިގެން މިދިޔައީ ދިވެހި ސިފައިން ރެއާއި ދުވާލު ކުރެއްވި ބުރަ މަސައްކަތުން ކަމަށް ފާހަގަ ކުރައްވާ، ސިފައިންނަށް ޚާއްސަ ޝުކުރެއް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.

ތެލަސީމިއާ ސެންޓަރަށް ކުރިމަތިވެފައިއޮތް މުވައްޒަފުންގެ ދަތިކަމާއި، ބޭނުންވާ ތަކެތި ހޯދުމުގެ މައްސަލަ ޙައްލުކުރުމަށްވެސް މާލީ ވުޒާރާއަށް އަންގާފައިވާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖުމުލަކޮށް މުޅި ތަނަށް ބޭނުންވާ މުވައްޒަފުންވެސް، 12 ވަރަކަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަލިބި މިހާރު ދަނީ މަސައްކަތްވެސް ކުރިޔަށް. އަދި ތަން ހިންގާގޮތް، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމުގައި، ގަޑިތަކާއި، އޮޕަރޭޝަނަލީ ހިންގާ ގޮތް ބަދަލުކުރުން އެއީ ވަރަށް މުހިއްމުކަމެއް.

ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ ތެލެސީމިއާ ސެންޓަރު ހިންގާގޮތައް ބަދަލުތައް ގެނެވި، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާކަމަށެވެ. އެގޮތުން ދާދި އަވަހަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ތެލަސީމިއާ ސެންޓަރު، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށައް ބަދަލުކުރެވޭނެކަމަށާއި، މިހާރު އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެއާއެކު ތެލެސީމިއާ ކުދިން ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް، އެހެނިހެން އިތުރު ފައިދާތަކެއް ލިބިގެންދާންކަންވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.