ސްކައިޕް ލޯގޯތައް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
07 May 2025 | 13:53
މައިކްރޯސޮފްޓްއިން ރަސްމީކޮށް ސްކައިޕް އުވާލައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ގުޅުވައިދިނުމުގައި 22 އަހަރު ހޭދަކުރުމަށްފަހު، 5 މެއި 2025 ގައި ސްކައިޕް އުވާލުމަށް މައިކްރޯސޮފްޓުން ނިންމާފައިވެއެވެ. މިއީ އިންޓަރނެޓް މުވާސަލާތުގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ޚިދުމަތުގެ މެދުވެރިޔާ ނިމުމަކަށް އައުމެވެ.

2003 ވަނަ އަހަރު ތަޢާރަފުކުރެވުނު ސްކައިޕްއަކީ އިންޓަރނެޓް މެދުވެރިކޮށް ހިލޭ އަޑާއި ވީޑިއޯ ކޯލް ކުރުމަށް އައި އިންޤިލާބީ ވަސީލަތަކަށް ވެގެން ދިޔައެވެ. 2010 ގެ މެދުތެރޭގައި މަހަކު 300 މިލިއަނަށްވުރެ ގިނަ ބޭނުންކުރާ ސްކައިޕް ވެގެންދިޔައީ އެވަގުތު އެންމެ ގިނަބައެއްގެ މުވާސަލާތީ މެދުވެރިއަކަށެވެ.

ސްކައިޕް އުފެއްދީ 2003 ވަނަ އަހަރު އެސްޓޯނިއާގެ ވެރިރަށް ޓެލިންގައި އުޅޭ އިންޖިނިއަރުންގެ ގްރޫޕަކުންނެވެ. އެ ޚިދުމަތް ބިނާވެފައިވަނީ ވީއޯއައިޕީ (ވޮއިސް އޯވަރ އިންޓަރނެޓް ޕްރޮޓޮކޯލް) ޓެކްނޮލޮޖީގެ މައްޗަށެވެ. މިއީ އަޑު ޑިޖިޓަލް ސިގްނަލަކަށް ބަދަލުކޮށް އިންޓަރނެޓް މެދުވެރިކޮށް ފޮނުވާ ޓެކްނޮލޮޖީއެކެވެ. 2005 ވަނަ އަހަރު އޮންލައިން ވިޔަފާރި ކުންފުނި އީބޭއިން ސްކައިޕް ގަތުމަށްފަހު ވީޑިއޯ ކޯލްގެ ޚިދުމަތް އިތުރުކުރިއެވެ.

ނަމަވެސް، އިތުރުވަމުން އައި ޑިމާންޑާއެކު، މައިކްރޯސޮފްޓުން 2011 ވަނަ އަހަރު 8.5 ބިލިއަން ޑޮލަރަށް ސްކައިޕް ގަތެވެ. އެ ވިޔަފާރި އެއްކުރުމަށް ރޭވިފައިވާކަން އިޢުލާނުކުރި ޙަފްލާއެއްގައި އޭރުގެ މައިކްރޯސޮފްޓްގެ ސީއީއޯ ސްޓީވް ބޯލްމަރ ވިދާޅުވި ގޮތުގައި 2011 ވަނަ އަހަރު ދުނިޔޭގައި ސްކައިޕް ބޭނުންކުރާ 170 މިލިއަން މީހުން ތިބިއެވެ.

ސްކައިޕް ބަންދުކުރުމަށް ނިންމި ނިންމުމަކީ މައިކްރޯސޮފްޓުން ޓީމްސްއަށް އިސްކަންދިނުމަށާއި އެ ކުންފުނީގެ މައިގަނޑު މުވާސަލާތީ އެޕްލިކޭޝަން ވާދަވެރިންނާ ވާދަކުރެވޭ ގޮތަށް ހަރުދަނާކުރުމަށް ގެންގުޅޭ ސްޓްރެޓެޖީގެ ތެރެއިން ނިންމި ނިންމުމެއްކަމަށް ގިނަ މާހިރުން ޤަބޫލުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް