މޯލްޑިވިއަން ފްލައިޓް: ފޮޓޯ/ކޮރަލް ގްލާސް މާކެޓް
ހަބަރު
07 May 2025 | 15:04
މަދަނީ ވައިގެ ދަތުރުފަތުރުގެ އާ ޤާނޫނެއް އެކުލަވާލުމުގެ ބިލެއް މަޖިލީހަށް

ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު އުވަލައި، ގިނަ އިސްލާޙުތަކަކާއެކު އަލުން މި ޤާނޫނު އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހޯމަ ދުވަހު ވަނީ އިއްވާފައެވެ. އަދި ބިލުގެ ބަހުސް ތަޅުމުގައި މިއަދު ވަނީ ފަށާފައެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރެވެމުން އަންނަ މަދަނީ ވައިގެ ޤާނޫނު، ޤާނޫނު ނަންބަރ: 2/2001 (ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު) އަކީ މީގެ ސައުވީސް އަހަރު ކުރީގެ ޤާނޫނެކެވެ.

ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ، މިހާރު އަމަލުކުރަމުން  އަންނަ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނުގެ ބަދަލުގައި ޒަމާނާ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުމަށްޓަކައި ތަޢާރުފުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ތަޢާރަފުކުރުމެވެ.

އަދި ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާގުޅޭ އުޞޫލުތަކާއި މިންގަނޑުތައް ދިވެހިރާއްޖެ ބައިވެރިވެފައިވާ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުމަށެވެ.

މީގެ އިތުރުން، މަދަނީ ދަތުރުފަތުރުގައި ހިނގާ އެކްސިޑެންޓްތަކާއި ޙާދިސާތައް ތާޙްޤީޤްކުރުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ތަޢާރަފްކުރުމާއި، މަދަނީ ވައިގެ ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ އެނޫންވެސް އުޞޫލުތައް ބަޔާންކުރުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ޤާނޫނަށް އެތަކެއް ބޮޑެތި ބަދަލުތަކެއް ގެނެވިގެންދާއިރު، މަދަނީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓާއި ސީރިއަސް އިންސިޑެންޓްތައް ތަޙުޤީޤުކުރުމަށްޓަކައި "މޯލްޑިވްސް އެއަރ އެކްސިޑެންޓްސް އިންވެސްޓިގޭޝަން އެޖެންސީ"އެއް މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އުފެދުން ވެގެން ދިޔައީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަކަމަކަށެވެ.

އަދި ހަމަމިއާއެކު، މި ބިލު ފާސްވެ، ތަސްދީޤުކޮށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "އެއަރޕޯޓް ޑިވެލޮޕްމެންޓް އޯވަރސައިޓް ކައުންސިލް"ގެ ނަމުގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އެކުލަވާލަންވާނެ ކަމަށާއި ވައިގެ ބަނދަރުތައް ތަރައްޤީކުރުމާގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލާ، ކޮންމެ 5 އަހަރަކުން އެއްފަހަރު މުރާޖައާކުރުމަކީ މިކައުންސިލުގެ ޒިންމާއެއްކަމުގައި ބަޔާންކޮށްފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.