ކުޑަކުދިންގެ ދުވަސް 2018: ފޮޓޯ/ ޔުނިސެފް މޯލްޑިވްސް
ހަބަރު
08 May 2025 | 12:04
ތަޢުލީމާބެހޭ ވުޒާރާއިން އަމިއްލައަށް އިސްނަގައިގެން ކުޑަކުދީންގެ ދުވަސް ފާހަގަކުރަނީ

ތަޢުލީމާބެހޭ ވުޒާރާއިން އިސްނަގައިގެން ހުރިހާ ސްކޫލަކަށް ވެސް އެހީ ފޯރުކޮށްދީގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މުޅި ރާއްޖޭގައި ފާހަގަ ކުރަން ރާވާކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ތަޢުލިމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހާކަދައްކަވަމުން ވިދާޅުވި ގޮތުގައި، އެ ވުޒާރާއިން އިސްނަގައިގެން ފުރަތަމަފަހަރަށް ޤާއުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް މިއަހަރު ފާހަގަކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށާއި، ސްކޫލުތަކުގައި އަބަދުވެސްކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރި ނަމަވެސް މިހާރުގެ ވިސްނުމަކީ ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު ކުދީންނާއި އެކުދީންގެ އާއިލާވެސް ހިމަނައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އެ ދުވަސް ފާހަގަކުރުން ކަމަށެވެ.

މި ޙަރަކާތާއި ގުޅިގެން "ވޮއިސް" އަށް މަޢުލޫމާތު ދެމުން ތަޢުލީމާބެހޭ ވުޒާރާއިން ބުނީ، މި ޙަރަކާތް، މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭއްވުމަށް ރޭވިފައިވާއިރު، އެ ރަށެއްގެ ސުކޫލުން ރާއްވާވާ ގޮތެއްގެ މަތިން ޙަރަކާތްތައް ރާވާލެވިގެން ކުލަ ގަދަގޮތެއްގައި ބޭއްވުމަށް ހުރިހާ ސްކޫލުތަކަކާވެސް މިހާރު ވާހަކަ ދެކެވިފައިވާ ކަމަށާއި، މާލޭގައި، ސްކޫލުތައް ގުޅިގެން ފަސް ސަރަހައްދެއްގައި  ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.  

އެގޮތުން ވިލިމާލެއާއި މާލޭގެ ތިން ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.

މާލޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ސަރަޙައްދުތައް

- ހުޅުމާލެ ސެންޓްރަލް ޕާކް

- މުހިޔިއްދީން ސްކޫލް

- ރަސްފަންނު

- ހެންވޭރު ދަނޑު

- ޖުމްހޫރީ މައިދާން، އިސްލާމީ މަރުކަޒު ސަރަހައްދު.

މީގެ އިތުރުން ތަޢުލީމީ ވުޒާރާއިން ނެރެފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގައި މި އިވެޓްތަކުގައި ކުޑަކުދިންނާ ގުޅޭ ޝަޢުގުވެރި ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭނެއެވެ. އަދި ކުޑަކުދިންނަށް އެކުދިންގެ ޙައްޤުތަކާ ގުޅޭ މަޢުލޫމާތުދީ، އެކުދިންނާ މެދު ޤައުމުގެ ތަޞައްވަރު ކިޔާދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި އެދުވަހުގެ ޙަރަކާތްތަކުގައި ވުޒާރާގެ މުވައްޒަފުންވެސް ޙަރަކާތް ހިންގުމުގައި އެކި ސަރަޙައްދުތަކުގައި ބައިވެރިވާނެއެވެ. އަދި މިދުވަސް މިފަދަ ގޮތަކަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަކީ ވަޒީރު އިރުޝާދުގެ ދަށުން ރޭވިގެންއަންނަ ޙަރަކާތެއް ކަމަށާއި، މި ޙަރަކާތް ވީ އެންމެ ފުރިހަމައަކަށް ގެންދިއުމަކީ ވުޒާރާގެ އަމާޒުކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.