ޕާކިސްތާނުގެ ކަޝްމީރު ސަރަޙައްދުގައި އިމާރާތްތަކެއް ހަލާކުވެފައި: ފޮޓޯ/ޗައިނާ ޑެއިލީ
ދުނިޔެ
07 May 2025 | 12:10
އިންޑިއާއިން ދިން ހަނގުރާމަވެރި ހަމަލާތަކާ މެދު ޗައިނާއިން ހިތާމަ ފާޅުކޮށް، ހަމަޖެހުމާއި ރައްކާތެރިކަމަށް ގޮވާލައިފި

މިއަދު ފަތިހު ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ހިންގި އަސްކަރީ އޮޕަރޭޝަނަކީ ހިތާމަވެރި ކަމެއްކަމުގައި ޗައިނާއިން ސިފަކޮށްފިއެވެ.

ދެކުނު އޭޝިއާގެ ދެ ވާދަވެރި ޤައުމުކަމަށްވާ އިންޑިއާ އާއި ފާކިސްތާނުގެ ދެމެދުގައި އިތުރުވަމުންދާ ހަމަލާތަކާބެހޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތާމެދު  ޗައިނާއިން ކަންބޮޑުވާ ކަމަށެވެ.

އަދި ދެ ޤައުމަށްވެސް ގޮވާލާފައިވަނީ ހަމަޖެހުން ދަމަހައްޓައި، ކެތްތެރިކަން އިސްކޮށް، ހާލަތު އިތުރަށް އުނދަގޫވެދާނެ ފަދަ ޢަމަލުތަކުން ދުރުހެލިވުމަށްވެސް ގޮވާލާފައިވެއެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ އަބަދުވެސް އެއްޤައުމު އަނެއް ޤައުމުގެ އަވައްޓެރިންކަމަށާއި، އަދި އެ ދެ ޤައުމަކީވެސް ޗައިނާގެ އަވައްޓެރިންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ޗައިނާއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމަކަށްވެސް ދެކޮޅުހަދާކަން ފާހަގަކުރެއްވާފައިވެއެވެ.

މި ދެޤައުމު ދެމެދުގައި ހަމަނުޖެހުން އުފެދިގެން އައީ ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލް އޮންނަ ސަރަހައްދުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއަށް ފަހުގަ އެވެ. އޭޕްރީލް 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

އިންޑިއާގެ ހަނގުރާމަ ވެރި މަތިންދާބޯޓުތަކުން ކުރިންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި ހަމަނުޖެހުން އިތުރުވަމުން އައި ދުވަސްވަރު ޕާކިސްތާނުގެ ސަރަޙައްދުތަކަށް ބޮން އަޅާފައެވެ.

ނަމަވެސް ބުދަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ 1971 ވަނަ އަހަރު އިންޑިއާ-ޕާކިސްތާން ހަނގުރާމައިގެ ފަހުން، އިންޑިއާއިން އެ ޤައުމުގެ އަވައްޓެރި ޤައުމުގެ އެންމެ އެތެރެއަށް ވަދެ ހިންގި އެންމެ ފުން ހަމަލާކަމަށް ސީއެންއެންގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް