އޮޕަރޭޝަން ސިންދޫރް: ފޮޓޯ/ ޓައިމްސް ނައު އިންޑިއާ
ދުނިޔެ
07 May 2025 | 11:06
އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި "އޮޕަރޭޝަން ސިންދޫރް"ގައި ފޮރުވިފައިވާ މާނައަކީ ކޮބާ؟

ޕަހަލްގާމްގައި ހިނގި އަނިޔާވެރި ޓެރަރިސްޓް ހަމަލާއަށް ވަރުގަދަ ޖަވާބެއްގެ ގޮތުގައި، 25 އިންޑިއާ އަދި 1 ނޭޕާލް ރައްޔިތެއް ހިމެނޭ ގޮތަށް 26 އާންމު ރައްޔިތުންގެ ފުރާނަ ގެއްލުނު ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، ރޭ އިންޑިއާގެ ހަނގުރާމަވެރި ބާރުތަކުން ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް ހަމަލާ ދިނެވެ.

މި އޮޕަރޭޝަނަށް ކިޔުނީ 'އޮޕަރޭޝަން ސިންދޫރު' އެވެ. 

މި ނަމަކީ، ފަރުދީ އަދި ޤައުމީ ގެއްލުން ރަމްޒުކޮށްދެވުނު ނަމެއްކަމުގައި އިންޑިއާގެ މީސްމިޑިއާތަކުގައި ޝާއިޢުކޮށްފައިވެއެވެ.

އިންޑިއާގެ ހޯމް މިނިސްޓަރ އަމިތް ޝާހް އެކްސްގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވެފައިވަނީ " އޮޕަރޭޝަންސިންދޫރު އަކީ ޕަހަލްގާމްގައި އަޅުގަނޑުމެންގެ މަޢުޞޫމު އަޚުން އަނިޔާވެރިކަމާއެކު މަރާލުމަށް ހިންދުސްތާނުން ދިން ޖަވާބެއް." ކަމަށެވެ.

އަދި އެ ޕޯޓްސްގައި އޭނާ އެ ޤައުމުގެ ހަތިޔާރުވެރި ބާރުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި އެ ބާރުތަކާމެދު ފަޚުރުވެރިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޒަމާނުއްސުރެ، ސިންދޫރު އަކީ އާންމުކޮށް ހިންދޫ ކައިވެނިކޮށްގެން ތިބޭ އަންހެނުން ބޭނުންކުރާ އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ލޯތްބާއި، ވަފާތެރިކަން އަދި ޤުރުބާނީވުން ރަމްޒުކޮށްދޭ އެއްޗެކެވެ. އިންޑިޔާގެ ބާރުގެ ދަށުގައިވާ ކަޝްމީރަށް ދިން ހަމަލާއިން މި އަގުހުރި ރަމްޒުތައް ނެތިދިޔަ ކަމަށް އިންޑިޔާއިން ގަބޫލުކުރެއެވެ.

އަދި މިހާރު މި ނަން ބޭނުންކުރެވެނީ އެ ހަމަލާގެ ޝިކާރައަށްވީ މީހުންނަށް ޝަރަފު ދިނުމަށާއި ޤައުމުގެ އަޒުމު އަލުން ދަމަހެއްޓުމަށްކަމަށް އިންޑިއާގެ މީޑިއާތަކުން ހާމަކުރެއެވެ.

އަދި 'އޮޕަރޭޝަން ސިންދޫރު' މި ނަމަކީ އެ ޤައުމުގެ އިހުސާސްތަކާ ގުޅި، ރަމްޒީ ގޮތުން ބާރުގަދަ މެސެޖެއް އޮތް ނަމެއްކަމަށްވެސް އިންޑިޔާގެ މީހުން ސިފަކުރެއެވެ.

22 އޭޕްރީލްގެ މި ޙަމަލާއަށްފަހު، އަނބިމީހާ އޭނާގެ މަރުވެފައިވާ ފިރިމީހާގެ ހަށިގަނޑާ ޖެހިގެން އޮތް މަންޒަރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފައި، މި ޙަމަލާގެ ޝިކާރައަކަށްވީ މީހުންނަށް ކުރިމަތިވި ހިތާމައާއި ވޭނުގެ ނިޝާނަކަށް ވެގެން ދިޔައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް