ޔުމްނު
ހަބަރު
05 May 2025 | 09:57
ޔުމްނު ހޭ އަރައިފި، ހާލު ދަނީ މަޑުމަޑުން ރަނގަޅުވަމުން: ޢާއިލާ

ނިމިދިޔަ އޭޕްރީލް މަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު 4:30 ހާއިރު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯއިން ޖެހިގެން ހުރި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދު (21 އަހަރު) މިހާރު ހޭ އަރާފައިވާކަމަށާއި، އޭނާގެ ޙާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް، ޢާއިލާގެ ފަރާތުން ބުނެފިއެވެ.

ޢާއިލާގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ އާއިލާގެ މެންބަރަކު ކުރި އެކްސް ޕޯސްޓެއްގައެވެ.

ޔުމްނުއަށް އައިޖީއެމްއެޗުގެ އައިސީޔޫގަ ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާލެވިފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

މެލޭޝިޔާގައި ގިނަ ފަރުވާތަކަށްފަހު ޔުމްނު ހޭ އަރާފައިމިވަނީ އެ ހާދިސާ ހިނގިތާ 17 ވަނައަށްވީ ދުވަހުއެވެ. އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި ޔުމްނުއަށް ކާންދިނުމަށް ބޭނުންކުރި ޓިއުބު މިހާރު ވަނީ ނަގާފައެވެ. އަދި މިހާރު އޭނާއަށް މުގުރާފައި ހުންނަ ކާނާ ދެވޭނެއެވެ.

ޔުމްނުގެ ފަރުވާއަށް ދެން އޮތް ސާޖަރީ އޮންނާނީ މިހަފްތާ ބުރާސްފަތި ދުވަހުކަމަށާއި، މި ސަރޖަރީގައި އޭނާގެ އުނަގަނޑާއި އުޅަބޮށީގައި ހުރި ކުދިކުދި ފްރެގްމަންޓްތައް ނެގުމާއި، އުނަގަނޑު ރަނގަޅަށް ހަމަ ޖެއްސުމުގެ މަސައްކަތް ކުރެވޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިންވެސް ޔުމްނުގެ ފަރުވާގެ ތެރެއިން ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާއިރު އެންމެ ނާޒުކު އަދި އެންމެ ނުރައްކާތެރި ސާޖަރީ ކުރެވިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުކަމަށާއި، އެ ސާޖަރީއަށް ފަސް ގަޑިއިރަށް ވުރެ ގިނައިރު ހޭދަވި ކަމަށް އާއިލާ އިން ބުނެއެވެ. މި އޮޕަރޭޝަން ކުރަން ޖެހުނީ ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެއް ލާފައި ވާތީކަމަށްވެސް އާއިލާއިން ޙިއްޞާކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލެ، ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް (21 އަހަރު) 24 އޭޕްރިލް ވީ ބުރާސްފަތިދުވަހު ހައްޔަރުކޮށް، 5 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުންވަނީ 30 އޭޕްރީލް ވީ ބުދަ ދުވަހު އަމުރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.