އީފާސް: ފޮޓޯ/ އީފާސް.ގަވް.އެމްވީ
ހަބަރު
08 May 2025 | 14:00
ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް އިފާސް މެދުވެރިކޮށް ލިބޭގޮތަށް ހަމަޖައްސައިފި

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ފޯރުކޮށްދެމުން އަންނަ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް އީފާސް މެދުވެރިކޮށް ހުށަހެޅޭގޮތަށް ހަމަޖައްސައިފިއެވެ.

ޑީޖޭއޭއިން ބުނީ ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި، މިހިނގާ މެއިމަހުގެ 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން، އެ ޑިޕާޓްމަންޓުގެ ޕަބްލިކް ޕޯޓަލް ކަމަށްވާ records.judiciary.gov.mv އިން އީފާސް މެދުވެރިކޮށް މި ޚިދުމަތް ފޯރުކޮށްދޭގޮތަށް ނިންމާފައިވާކަމަށެވެ. ގެޒެޓްގައި އާއްމުކޮށްފައިވާ ބަޔާނުގައި ޑީޖޭއިން ބުނެފައިވަނީ، ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް  ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް އަންނަ ޖޫންމަހުގެ 1 ވަނަ ދުވަހުގެ ފަހުން ބަލައި ނުގަންނާނެ ކަމަށެވެ.

އެހެންނަމަވެސް، ދައުލަތުގެ އޮފީސްތަކުން ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރެކޯޑް ސާފުކުރުމަށް ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ، ކުރިއެކޭވެސް އެއްގޮތަށް، އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާއެކު ރެކޯޑް ސާފުކުރުމަށް އެދި ހުށަހެޅުމުންނެވެ.

އީ-ފާސް އުފެއްދީ އީ-ގަވަރމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ވެބް ޕޯޓަލްތަކުގައި ބޭނުންކުރާނެ އޮތެންޓިކޭޝަން (ހުއްދަ ދިނުމުގެ) ވަސީލަތެއްގެ ގޮތުގަ 2012 އަހަރުގައިއެވެ. ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް 40 އަށްވުރެ ގިނަ ވެބް ޕޯޓަލްތައް ވަނީ ޤާއިމްކޮށްފައެވެ 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.