ވަރލްޑް ރެކޯޑް ސެޓްފިކެޓް އުރީދޫއާ ހަވާލުކުރުމުގެ ތެރެއިން... ފޮޓޯ: އުރީދޫ
ވިޔަފާރި
04 May 2025 | 13:50
އޫރިދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް 20 މީހުންނާއެކީ ކަނޑު އަޑީގައި ރެކޯޑް އެއް ހަދައިފި

އޫރިދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް 20 މީހުންނާއެކީ ކަނޑު އަޑީގައި ރެކޯޑް އެއް ހަދައިފިއެވެ.

އުރީދޫއިން މި ރެކޯޑް ހަދާފައިވަނީ 20 މީހުންނާއެކު ކަނޑުއަޑީގައި ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންގޮސްގެންނެވެ. ބ.ފުޅަދޫގެ  ކަނޑުގެ އަޑީގައި ބޭއްވި މި ރެކޯޑް ބްރޭކިން އިވެންޓުގައި ބައިވެރިވި 20 މީހުންގެ ތެރެއިން ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ފަސް ޕެނަލިސްޓުން ވަނީ ގިނިސް ވާރލްޑް ރިކޯޑު ހެދުމަށްޓަކައި ކަނޑު އަޑީގައި ކޮންމެ ޕެނަލިސްޓަކު 2 މިނެޓަށް ވުރެ ގިނައިން ވާހަކަ ދައްކާފައެވެ.

ޕެނަލިސްޓުންގެ ގޮތުގައި ހިމެނުނީ:

- މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް

- އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ

- ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

- އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަބީން އަލީ

- އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖަރ، ޓްރާންސްމިޝަން އަފްޝީން މުޙައްމަދު

އުރީދޫއިން ބުނީ މީގެ އިތުރުން މި ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުރީ އިބްރާހިމް އަދި އުރީދޫގެ އިސް ވެރިން އަދި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން ބައިވެރިވި ކަމަށެބެ.

އުރީދޫއިން ބޭއްވި މި ޕެނަލް ޑިސްކަޝަނުގައި ވަނީ ޓެކްނޮލޮޖީއާއި އިނޮވޭޝަން އަށް ވަނީ އަލިއަޅުވާލެވިފައެވެ. މި ކާމިޔާބީގެ ސަބަބުން އުރީދޫ މޯލްޑިވްސްގެ ދައުރަކީ ހަމައެކަނި ޓެލެކޮމް ގެ ހިދުމަތް ދޭ ކުންފުންޏެއް ނޫން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަން ކުރަމުން އަންނަ ޗޭންޖްމޭކަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު ވަރަށް ބޮޑަށް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް - މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ 

އުރީދޫއިން ބުނީ މި ރެކޯޑަކީ، ކިތަންމެ ގޮންޖެހުންބޮޑު ނަމަވެސް، ހުރިހާ މާހައުލެއްގައި ވެސް އިނޮވޭޝަނަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ރަމްޒެއްކަމަށެވެ. ކަނޑުގެ އަޑިން ފެށިގެން 5ޖީ ޓެކްނޮލޮޖީއާ ހަމައަށް އުރީދޫއިން ދެމިއޮންނާނީ އިންކްލޫސިވް، ގުޅިފައިވާ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކީގައިކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ޑިޖިޓަލީ ބަދަލުވެގެންދާ ޒަމާނަކަށް ގައުމު ވަންނައިރު، އުރީދޫ މޯލްޑިވްސް އިން އަންނަނީ އަމިއްލަ ފަރުދުންނާއި މުޖުތަމައުތަކާއި ސިނާއަތްތަކަށް ހުރި ފުރުސަތުތައް ހުޅުވާލާ އިތުރު ކުރަމުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.