ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން: ފޮޓޯ/ މަޖިލިސް
ހަބަރު
06 May 2025 | 10:01
އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ އޭގައި އެކަން މަނާކުރާ މާއްދާތަކެއް ހުރީމަ: ޣައްސާން

އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ އެ އެއްބަސްވުން ތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމަނާފައި ހުރުމުން ކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވަނީ، ދިވެހި ސަރުކާރުން އިންޑިޔާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް މިހާތަނަށް ހާމަ ނުކޮށް އޮތީ ކޮން ސަބަބަބާ ހުރެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމެނޭތީ އެއްބަސްވުން ހާމަ ނުކުރެވި އޮތީ ކަމަށެވެ.

"ތި އިޝާރާތް ކުރި އެއްބަސްވުންތައް އަދާ ހަމައަށް ހާމަ ނުކުރެވި އޮތް ސަބަބަކީ، ދިވެހި ދައުލަތާއި އިންޑިއާ އާއި ދެމެދު ސޮއި ކުރެވިފައި ހުރި އެއްބަސްވުންތަކުގެ ތެރޭގައި، އެ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއަލް ކްލޯޒް ތަކެއް ހިމެނިފައި ހުރީމަ"

މުހައްމަދު ޣައްސާން މައުމޫން

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފުށުއަރާ ގޮތަށް އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށާ އެފަދަ އެއްބަސްވުންތައް ބަލައި، އޭގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.

އަދި ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ ސަރުކާރުން އެކި ޤައުމުތަކާއެކު އެކުލަވާލި އަސްކަރީ އެއްބަސްވުންތައް ބައްލަވައި އެ އެއްބަސްވުންތަކުގައި ހުރި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ މާއްދާތަކަށް ބަދަލު ގެންނަވާފައި ވާނެ ކަމަށާ އެފަދަ ކަމެއް އެ އެއްބަސްވުންތަކުގައި މިހާރު ނޯންނާނެކަމަށް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިދިޔަ ސަރުކާރުން އެކުލަވާލި އެއްބަސްވުންތައް ހާމަކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށާ މިހާތަނަށް އައިރު، އެއްބަސްވުންތައް ހާމަކުރެވިފައި ނުވަނީ އެ އެއްބަސްވުންތަކުގައި ކޮންފިޑެންޝިއަލިޓީ ކްލޯސްއެއް ނުވަތަ އެއްބަސްވުންތައް ހާމަނުކުރެވޭ މާއްދާއެއް ހިމަނާފައި އޮތުމުން ކަމަށާއި ޤައުމުތަކުގެ ރުހުމާ ނުލައި އެއްބަސްވުން ހާމަނުކުރެވޭނެކަމަށެވެ.

އެހެންކަމުން އެއްބަސްވުންތައް ހާމަކުރުމަށް އެ ޤައުމުތަކާ އެކު މަޝްވަރާތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ