ދިފާޢީ ވަޒީރު ޣައްސާން މައުމޫން: ފޮޓޯ/ މަޖިލިސް
ހަބަރު
06 May 2025 | 11:11
އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުން ތަކުގެ ތެރެއިން ޑިފެންސްއިން ޒިންމާވާ އޮތީ 4 އެއްބަސްވުން: ޣައްސާން

ދިވެހި ސަރުކާރުން އިންޑިޔާއާއެކު ސަތޭކަ އެތައް އެއްބަސްވުން ވެފައިވާ ކަމަށާ، އެ އެއްބަސްވުން ތަކުގެ ތެރެއިން ދިފާޢީ ވުޒާރާއިން ޒިންމާވާ އޮތީ އެންމެ 4 އެއްބަސްވުން ކަމުގައި ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު ވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް އޮފީހުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި، ދިވެހި ސަރުކާރާ އިންޑިޔާއާ ދެމެދު 100 އެތައް އެއްބަސްވުމެއް ވެފައިވާކަން ހާމަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. 

”އެ އެއްބަސްވުންތައް ވަޒީރު ބައްލަވައިފިންތޯ؟ އަދި މިއިން އެއްވެސް އެއްބަސްވުމެއްގައި ގައުމުގެ ސިޔާދަތަށް ނުރައްކާވާ ވަރުގެ ކަމެއް އެބައޮތްތޯ؟ ރައީސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ވަރަށް ބައިވަރު އެއްބަސްވުންތަކަށް ބަދަލުގެނެވުނު ވާހަކަ. އެ އެމެންޑްމަންޓް ގެނެވުނީ ކޮން ރަށެއްގައިތޯ؟ އަދި އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ކޮންބޭފުޅުންނެއްތޯ؟“ މެންބަރު ހުސައިން ޒިޔާދު ސުވާލުކުރެއްވިއެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން، ޣައްސާން ވިދާޅުވީ، 1965 ވަނަ އަހަރު ދިވެހި ރާއްޖެ މިނިވަންވީ ފަހުން، އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަމަށެވެ.

1965 ވަނަ އަހަރު ދިވެހި ރާއްޖެ މިނިވަންވީ ފަހުން، އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި އެބައޮތް. އެހެން ނަމަވެސް މިނިސްޓްރީ އޮފް ޑިފެންސް އިން ޒިންމާވާ އޮތީ 4 އެއްބަސްވުން. އެ އެއްބަސްވުންތައް ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރެވި، އަދިވެސް ކުރެވެމުން އެބަދޭ.

ވަޒީރު ޣައްސާން މައުމޫން

އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުން ތަކުގެ ތެރެއިން، ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ހުރި އެއްބަސްވުންތައް ބަދަލުކޮށްފައިވާކަން ދާދިފަހުން ރައީސް މުޢިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައުވެސް ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.