ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން: ފޮަޓޯ/ މަޖިލިސް
ހަބަރު
07 May 2025 | 10:32
ސަރުކާރުގެ ޓެކްސީ ލައިނުން އެހެން ޓެކްސީތަކަށް ގެއްލުން ނުވާނެ ސަބަބުތައް އަމީން ހާމަކޮށްދެއްވައިފި

ސަރުކާރުން ޓެކްސީ ލައިނެއް ފެށި ނަމަވެސް ޓެކްސީގެ ގަވާއިދުތަކާ އެއްގޮތަށް ޓެކްސީ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާ، އެފަރާތްތަކަށް ގެއްލުން ނުވާނެ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ، ސަރުކާރުން ޓެކްސީ ލައިނެއް ފެށުމުން ޓެކްސީ ދުއްވާ އެހެން ފަރާތްތަކަށް ގެއްލުން ނުވާންވީ ސަބަބުތައް ހާމަކޮށްދެއްވުމަށް ވަޒީރު އަރިހުން އެދިވަޑައިގެންފައެވެ. 

އެކަން ސާފުކޮށްދެއްވަމުން ވަޒީރު އަމީން ވިދާޅުވީ އެ ސަބަބުތައް މީގެ ކުރިންވެސް އެތައް ފަހަރުމަތިން ހާމަކޮށްދެއްވާފައިވާ ކަމަށެވެ. 

އެގޮތުން، ވަޒީރު ވިދާޅުވީ، މިހާރުވެސް ޓެކްސީގެ ޤަވާއިދުތަކާއި އެއްގޮތަށް ޓެކްސީ ކުރާ ފަރާތްތަކަށް އެމްޓީސީސީން ޓެކްސީ ލައިން ފެށުމުންވެސް އެއްވެސް ހުރަހެއްނެތި ޓެކްސީ ކުރެވޭނެ ކަމަށެވެ. 

އަދި މީގެ އިތުރުން މިހާރުވެސް ޕާޓްޓައިމްކޮށް ޓެކްސީ ކުރާ ފަރާތްތަކަށް މި ޓެކްސީ ފްލީޓްގައި ޑްރައިވަރުންގެ ގޮތުގައި ނުވަތަ ފުލްޓައިމް، މަސައްކަތުގައިވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ، ޓެކްސީ ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް. 

ވަޒީރު މުޙައްމަދު އަމީން

މީގެ އިތުރުން އެމްޓީސީސީ ޓެކްސީ ލައިންގެ އޮޕަރޭޝަން ބައްޓަންކޮށްފައިވަނީ ދާއިމީ ކޮށް ޓެކްސީ ކުރަން ބޭނުންވާ ޑްރައިވަރުންގެ އިތުރުން ފްރީލާންސްކޮށްވެސް ޓެކްސީ ކުރެވޭ ގޮތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެނީ މިހާރުވެސް ބައެއް ޓެކްސީ ޑްރައިވަރުންނަކީ ޕާޓްޓައިމްކޮށް އެ މަސައްކަތް ކުރާ މީހުންކަމަށް ވުމުން އެ ފުރުސަތު އެމްޓީސީސީ ޓެކްސީ ލައިނާ ގުޅޭ ފަރާތްތަކަށްވެސް އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެން ކަމުން ޓެކްސީ ކުރާ ފަރާތްތަކަށް އެމްޓީސީސީ ޓެކްސީ ލައިންގެ ސަބަބުން ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ސަރުކާރު ޓެކްސީ ލައިން ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ،އެމްޓީސީސީއާ އެވެ.

އަދި އެ ކުންފުނިން އަންނަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން ކަމަށް މީގެ ކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެމްޓީސީސީން އިއުލާންކޮށް، އެޓެކްސީތައް ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗަރޖު ކުރާނެ ޗަރޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

މި ޓެކްސީ ފްލީޓުގައި ހިމެނެނީ %100 ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް އުޅަނދެވެ. މި ޚިދުމަތް ފަށާއިރު، ޖުމްލަ 100 އުޅަނދު ހިމެނޭއިރު، އިތުރު ފިޔަވަހި ތަކަށް ބަހާލައިގެން އުޅަނދުގެ އަދަދު އިތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. 

‏⁦‪

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ