އިންކުއަރީ ކޮމިޝަންގެ މެންބަރުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
12 May 2025 | 13:55
ޔުމްނު ވެއްޓުނު މައްސަލާގައި، ކޮމިޝަނުން ފުރަތަމަ ފަހަރަށް ރައުދާ ސުވާލުކޮށްފި

މިދިޔަ އޭޕްރިލްމަހުގެ 18 ވަނަ ދުވަހު ހެންވޭރު ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ތުހުމަތުކުރެވޭ އަހުމަދު ރައުދު ޛިލާލާ، އެ މައްސަލަ ބަލާ ކޮމިޝަނުން ފުރަތަމަ ފަހަރަށް ސުވާލުކޮށްފިއެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ހައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ވަނީ، ރައުދު އާ ބައްދަލުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު މައުލޫމާތެއް ކޮމިޝަނަކުން އަދި ނުބުނެއެވެ. ޔުމްނު ވެއްޓުނު މައްސަލައިގެ ތުހުމަތުގައި ރައުދު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ. އެ މައްސަލާގައި ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. 

ޔުމްނު ވެއްޓުނު މައްސަލާގައި ރިޔާސީ ކޮމިޝަނެއް އެކުލަވާލާފައިވަނީ، އޭޕްރިލްމަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ.މުހައްމަދު މުނައްވަރެވެ. ޔުމްނު ވެއްޓުނު މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކާ ސުވާލު ކުރަމުންގެންދާކަމަށް އިއްޔެ އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި ތަންތަނަށް ގޮސް ބައެއް މީހުންނާ ސުވާލުކުރަން ވަނީ ފަށާފައެވެ. 

ޔުމްނު ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު އަހްމަދު ޛިލާލް

ޔުމްނު ވެއްޓުނު މައްސަލަ އާއި ގުޅިގެން އުފެއްދި ކޮމިޝަނުން މިހާރު ވަނީ، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން، މަޢުލޫމާތާއި، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް ލިޔުންތައް އެ ކޮމިޝަނާ ޙިއްސާކުރުމަށާ، އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ސުވާލު ކުރަން ޚާއްސަ ޕޯޓަލެއް ޤާއިމް ކޮށްފައެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އެންމެ ފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ނުލިބޭ ކަން ހާމަކޮށްފައެވެ. އަދި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.