އެމްޓީސީސީން ގުޅީގެ ބިން ހިއްކަނީ.. ފޮޓޯ: އެމްޓީސީސީ
13 May 2025 | 20:30
ގުޅީ ބިންހިއްކުމުގެ 95 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

ގުޅީ ބިންހިއްކުމުގެ 95 އިންސައްތަ ނިމިފައިވާކަމަށް އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ގުޅީގެ ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ. މިފަހަރު ކަނޑައަޅާފައިވަނީ ގުޅީފަޅުން 10.15 ހެކްޓަރު ހިއްކާށެވެ. އެމްޓީސީސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަލުވި ސްޕީޑެއްގައި ކުރިއަށްގޮސް އެރަށު ބިން ހިއްކުމުގެ 95 އިންސައްތަ ނިމިފައިވާކަމަށެވެ.

ގުޅީގެ ބިން ހިއްކުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުން ވަނީ، ގުޅީގެ ބިން ހިއްކުމަށް 89.6 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައެވެ. ގުޅީގެ ބިން ހިއްކުމަކީ އެރަށުގެ ރައްޔިތުން ވަރަށް އެދިއެދިތިބި ކަމެކެވެ. އެރަށުން ގޯތި ދޭނޭ ބިން ހުސްވެފައިވާއިރު، ރަށުފަޅުން އިތުރު 10.15 ހެކްޓަރު ހިއްކިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނީ އަލަށް ހިއްކި ސަރަހައްދުގައި ގޯތި ބޯހިޔާވަހިކަމަށް ބިން ހާއްސަ ކުރުމުގެ އިތުރުން ވިޔަފާރިއާ އިގްތިސާދީ މަސައްކަތްތަކަށްވެސް ބިން އެކަށައެޅިގެންދާނޭ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ރިޓަޔަޑް އަހުމަދު ސަޢުދީ ވިދާޅުވީ ގުޅީގެ ރައްޔިތުން އެދުނުގޮތަށް ބާރު ސްޕީޑެއްގައި މަސައްކަތް ނިންމާލެވޭއިރު، ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބާކީ އޮތްބައި ހިއްކާ ނިންމާލެވޭނެ ކަމަށެވެ. ބިން ހިއްކާ ނިމުމާއެކު އަތިރިމަތި ހިމާޔަތްކުރުމުގެ މަސައްކަތް ފެށިގެންދާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަތިރިމަތި ހިމާޔަތްކުރުމަށް 22 ހާސް ޓަނުގެ ހިލަ ބޭނުންވާއިރު އޭގެ ތެރެއިން 10ހާސް ޓަނުގެ ހިލަ މިހާރުވަނީ އެރަށަށް ގެނެސްފައެވެ. 

ގުޅީގެ ބިން ހިއްކައި ނިމުމުން މިހާރު އެރަށުގެ ބިމުގެ ސައިޒް ދެ ގުނައަށް ބޮޑުވާނެއެވެ. ގުޅީގެ ބިންހިއްކުމުގެ މި މަޝްރޫޢު އެއްކޮށް ނިންމާލުމަށް ދީފައިވާ މުއްދަތަކީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނޭކަމަށް އެމްޓީސީސީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ