ސީރިޔާގެ ރައީސް އަލް ޝަރާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ސައުދީ ޕްރިންސް ސަލްމާން
ދުނިޔެ
15 May 2025 | 08:33
ޓްރަމްޕް އާއި ސީރިޔާގެ ރައީސްގެ ބައްދަލުވުމެއް، މިވީ ކިހިނެއް؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސީރިއާގެ އައު ރައީސް އަހްމަދް އަލް-ޝަރާ އާ ދެމެދު ތާރީޚީ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޓްރަމްޕްގެ މެދުއިރުމައްޗަށް ކުރަމުންދާ ދަތުރުގެ ތެރެއިން ސައުދީ އަރަބިއްޔާގައެވެ.

މިއީ ފާއިތުވި 25 އަހަރު ތެރޭގައި ސީރިއާގެ ރައީސަކާއި އެމެރިކާގެ ރައީސަކު ބައްދަލުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު މި ބައްދަލުވުމާއެކު ގިނަ ބައެއް އަންނަނީ އެކިއެކި ޝުޢޫރުތައް ފާޅުކުރަމުންނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. 

ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް، އެމެރިކާއިން ވަނީ އަލް-ޝަރާ އަކީ ޓެރަރިސްޓެއް ކަމަށް ލޭބަލްކޮށް އޭނާ ހައްޔަރުކުރާ މީހަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ.

އަދި އެމެރިކާއިން އޮތީ އަލް-ޝަރާ އެ ގުރޫޕަކަށް ނިސްބަތްވެވަޑައިގަންނަވާ ޙަޔާތު ތަޙްރީރު އައް-ޝާމް (އެޗްޓީއެސް)، އެއީ "ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއް" ގެ ގޮތުގައި ލިސްޓުކޮށްފައެވެ. އެއީ އެ ޖަމާޢަތާ އަލް-ޤާޢިދާއާ އޮތް ގުޅުމުގެ ސަބަބުން ކަމަށް އެމެރިކާއިން އޭރު ބުނެފައިވެއެވެ. 

އަލް ޝަރާ ސައުދީ ޕްރިންސްއާ ބައްދަލުކުރައްވާތަން ބަލަން ދުރުގައި ޓްރަމްޕް

ނަމަވެސް އެޗްޓީއެސް އިސްވެ އެކުލަވާލި ކޯލިޝަނަކުން ޑިސެންބަރު މަހު ސީރިއާގެ ރައީސް ބަޝާރު އަލް-އަސަދުގެ ސަރުކާރު ވައްޓާލުމާ ގުޅިގެން، އެމެރިކާއިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ޖަމާޢަތާއި ޖަމާޢަތުގެ ލީޑަރޝިޕާ އެކުގައި އޮތް ގުޅުން އަލުން ވަޒަންކޮށް ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުންނެވެ.

އެމެރިކާއިން މިކުރަމުންދާ މަސައްކަތުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާ އަދި ހާމަ ނުވި ނަމަވެސް، އިއްޔެ ސަޢުދީ ޢަރަބިއްޔާގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން ދެކެވުނު ބައެއް ވާހަކަތަކުގައި، ޓްރަމްޕް ވަނީ ސީރިޔާއިން ”ފަލަސްޠީނުގެ ޓެރަރިސްޓުން“ ނެރެ، އިސްރާއިލާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް ހުށަހަޅާފައެވެ. 

އެމެރިކާއިން ސިރިޔާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް

އިއްޔެ ސައުދީގައި ސީރިޔާގެ ރައީސް އާއި ޓްރަމްޕްގެ މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންވެސް ފޯނުން ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގެ ކުރިން، ޓްރަމްޕް ވަނީ އަލް-އަސަދުގެ ވެރިކަމުގައި ސީރިއާގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގާނެ އިޢުލާނުކޮށްފައެވެ. މިއީ އިޤްތިޞާދީ ގޮތުން ފައިދާކުރާނެ އަދި ގައުމުގެ ހަމަޖެހުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި އަލް-ޝަރާގެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ. 

ޓްރަމްޕް އާއި އަލް-ޝަރާ ބައްދަލުކުރަނީ

އަދި މި ބޭއްވުނު ބައްދަލުވުމާއި ގުޅޭގޮތުން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޓްރަމްޕް ވަނީ "ރައީސް އަލް-ޝަރާއަށް އޭނާގެ ޤައުމަށް ތާރީޚީ ބަދަލުތަކެއް ގެނައުމުގެ ވަރަށް ބޮޑު ފުރުޞަތެއް އޮތްކަމަށް" ބުނެފައެވެ.

އަދި ސީރިއާގެ ސަރަޙައްދުތަކުން "ބޭރުގެ ޓެރަރިސްޓުން" އަދި "ފަލަސްޠީނު ޓެރަރިސްޓުން" ފޮނުވާލުމަށާއި، އިސްރާއީލާ އެކު ގުޅުން އާދައިގެ ފެންވަރަށް ރަނގަޅު ކުރުމަށްވެސް އެދިފައިވާ ކަމަށް ވައިޓްހައުސްގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އަލް-ޝަރާ ވަނީ "ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ކެމިކަލް ހަތިޔާރު ނައްތާލުމުގައި" އެމެރިކާއިން ކުރާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. 

އަދި އޭނާ ވަނީ އެމެރިކާއިން ސީރިއާގެ ތެލުގެ ދާއިރާގައި އިންވެސްޓުކުރުމަށް އެދިފައެވެ.

ހަތަރު ޤައުމުގެ މެދުގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

އެ ބައްދަލުވުމަށްފަހު ޤަތަރަށް ފުރަންދިޔަ މަގުމަތީގައި ނޫސްވެރިން ވަނީ އަލް-ޝަރާ އާ އެކު ފުރަތަމަ ފަހަރަށް ބޭއްވުނު ބައްދަލުވުމާއި އޭނާއާމެދު ޓްރަމްޕް ދެކޭ ގޮތާމެދު ސުވާލު ކޮށްފައެވެ. 

"ވަރަށް ރަނގަޅު. ވަރަށް ރަނގަޅު ކަމަށް އަޅުގަނޑު ދެކެން. ޒުވާން، ރީތި މީހެއް. ހަރުދަނާ މީހެއް. ވަރުގަދަ މާޒީއެއް. ވަރަށް ވަރުގަދަ މާޒީއެއް އޮތް މީހެއް. ހަނގުރާމަވެރިއެއް. އޭނާއަށް މިކަން (ސީރިޔާ ހިންގުމުގެ) ރަނގަޅު ފުރުޞަތެއް އެބައޮތް،" ޓްރަމްޕް ބުންޏެވެ.

33 މިނެޓު ދިގުދެމިގެންދިޔަ ޓްރަމްޕް އަދި އަލް-ޝަރާގެ ބައްދަލުވުމަކީ ވަރަށް ބޮޑު ޑިޕްލޮމެޓިކް ފިޔަވަޅެއް ކަމަށް ބޭރުގެ މީޑިއާތަކުން ސިފަ ކުރާއިރު، އެމެރިކާއިން ހުށަހެޅި ކަންކަމަށް ސީރިޔާއިން އެއްބަސްވާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. 

ކޮމެންޓް
އިއްބެ
މުޅިދުނިޔެ މިހާރުއޮތީ އަމިއްލައެދުމާއި އަނގަބަޑިއްށްވެފައި
15 May 2025
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.