އެސްޓީއޯ-
ވިޔަފާރި
21 May 2025 | 11:20
އެސްޓީއޯއިން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަކޮށް 3 ޕްރޮމޯޝަނެއް ތައާރަފް ކޮށްފި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ފަރާތުން ބާޒާރަށް 3 ޕްރޮމޯޝަން އެއް ތަޢާރަފް ކޮށްފިއެވެ.

ޖެނެރަލް ޓްރޭޑިންގ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މިއަދު ތަޢާރަފް ކުރެވުނު ޕްރޮމޯޝަން ތަކަކީ ރެސްޓޯރަންޓް، ކެފޭ ތަކަށާ، ކްރެޑިޓް އޮފާސް ތަކަކާއި އަދި އެޕާރޓްމަން ތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެކެވެ. 

ރެސްޓޯރަންޓް ކެފޭ ތަކަށް ހާއްސަ ޕްރޮމޯޝަން

ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަން އަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފިލް ކުރެއްވުމަށްފަހު ހުށައެޅުމުން 3 މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވުނީއެވެ.

މި ޕްރޮމޯޝަން ގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭ ތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ.

އަދި 3މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން 1 ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 100،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި މީގެ އިތުރުން ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކުރާ ވިޔަފާރިތަކަށެވެ. 

ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފަރ

މި އޮފަރ ނުވަތަ ޕްރޮމޯޝަން ޚައްސަ ކުރެވެނީ ހޯލްސޭލް ވިޔަފާރިތަކަށެވެ.

މި އޮފާ ގެތެރޭގައި ޖެނެރަލް ޓްރޭޑިންގ އިން ފަސޭ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އޮފަރ ކުރިއަށް ދާނީ 3 މަސް ދުވަހުގެ ނިޔަލަށެވެ.

އޭގެ އިތުރުން މި 3 މަސް ދުވަހުގެތެރޭ މި އޮފަރ ގެ ތެރެއިން ކްރެޑިޓަށް މުދާ ނަންގަވައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކުރައްވައިގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 1 ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 75،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކިރައްވާ ވިޔަފާރިތަކަށެވެ.

އެޕާޓުމަންޓް އޮފަރ

މި އޮފަރ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓު ތަކަށް ބަދަލުވާ ފަރާތްތަކަށެވެ.

މި އޮފަރގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ.

15،000-25،000 ދެމެދު ވިޔަފާރި ކުރައވާ ފަރާތްތަކަށް %12 ޑިސްކައުންޓު، 25،000-35،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތަތަކަށް 15% ޑިސްކައަުންޓު 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރައްވާފަރާާތްތަކަށް %18 ޑިސްކައުންޓު ލިބިގެންދާނެއެވެ.

އަދި ހިޓާޗީ އެއަރކޮނޑިޝަނަރ އިން %2.5 ގެ ޑިސްކަންޓު ލިބިގެންދާނެއެވެ. ތަކެތި ބައްލަވައިގަންނަން ވަޑައިގަންނަވާއިރު އެޕާޓުމަންޓު ލިބުނު ކަމުގެ ލިޔުން ގެންނަންވާނެއެވެ.

މި އޮފަރ 2025 ވަނަ އަހަރު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.