އިންޓަރ ސްކޫލް ޗެސް ފެސްޓިވަލް 2024...
ކުޅިވަރު
21 May 2025 | 21:17
"އިންޓަރ ސްކޫލް ޗެސް ފެސްޓިވަލް 2025" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ސްކޫލް ޗެސް ފެސްޓިވަލް 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ  އެ އެސޯސިއޭޝަނުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ޗެސް ފެސްޓިވަލް 2025 ގައި ބައިވެރިވުމަށް ބޭނުންވާ ސްކޫލުތަކަށް މިއަދުން ފެށިގެން އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލުތަކުން ޓީމް ރެޖިސްޓްރޭޝަން ފޯމް ފުރުމަށް ވަނީ އެދިފައި އެވެ. ޓީމް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ 4 ޖޫން 2025 ވަނަ ދުވަހުގެ 14:00 އެވެ. އަދި ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން މަހުގެ 7 ވަނަ ދުވަހެވެ.

ޓީމް ރެޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުމުން، ޓީމް ލިސްޓް ހުށަހަޅާ ފޯމާއި މުބާރާތުގެ ޤަވާއިދު، ބައިވެރިވާ ޓީމުތަކަށް ފޮނުވޭނެ ކަމަށް އެއެސޯސިއޭޝަންގެ އިއުލާނުގައި ބުނެފައި ވެއެވެ.

މިއަހަރުގެ އިންޓަރ ސްކޫލް ޗެސް ފެސްޓިވަލް 2025 ފެށުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.