ކުއްލި ގޮތަކަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ވަކިކުރި ޝަމްއާން: ފޮޓޯ/ އިމިގްރޭޝަން)
ހަބަރު
26 May 2025 | 10:00
ބިދޭސީން އަތުން އަތުލި ފައިސާއިން ޝަމްއާންގެ 2 ސްޓޫޑަންޓް ލޯނެއް ދެއްކި: ޕީޖީ

ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު، ބިދޭސީން އަތުން އަތުލި ފައިސާއިން އޭނާގެ 2 ސްޓޫޑެންޓް ލޯނެއް ދައްކާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ. 

ޝަމްއާންގެ މައްޗަށް ހިންގި ތަހުގީގު ނިންމާ މި މަހުގެ 11 ވަނަ ދުވަހު އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ޕީޖީ އޮފީހުން ބުނީ ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން، އޭނާގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާގެ ތަފްސީލްގައި ހާމަކޮށްފައިވާ ގޮތުގައި، ޝަމްއާން މަގާމުގައި ހުރި އިރު، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް އެންގުމެއް ނެތި، ބިދޭސީންތަކެއް ރާއްޖޭގައި ކުރާ މަސައްކަތް ބެލުމަށް މާރިޗު 11 ވަނަ ދުވަހު ވަނީ ހަތަރު މުވައްޒަފަކަށް އިރުޝާދު ދީފައެވެ. އަދި އެ މުވައްޒަފުން އެ ރެއިޑް ޖަހާފައިވަނީ ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތި، މޯލްޑިވްސް އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. 

އެގޮތުން، ޝަމްޢާންގެ އެންގުމަށް އެ މުވައްޒަފުންތައްތައް ފަރީދީމަގުގައި ހުންނަ މ. އޯރްމަންގޭގެ އެންމެ ތިރީ ބުރިއަށް ގޮސް، ދޮރުގައި ޓަކި ޖެހުމަށް ފަހު، "އިމިގްރޭޝަން ޗެކް"އަކަށް އައީކަމަށް ބުނެފައިވާ ކަމަށާ، އެގޭ ތެރެއަށް ވަދެ ގެ ބަލައި ފާސްކޮށް ހެދުމަށް ފަހު، އެ ތަނުގައި ގިނަ ފައިސާތަކަކާ އެކު ބިދޭސީން ތިބިކަމުގެ މައުލުމާތު ޝަމްއާންއަށް ދީފައިވާ ކަމަށް ބުނެފައިވެއެވެ. 

ޕީޖީން ބުނެފައުވާ ގޮތުން، އިމިގްރޭޝަންގެ ތަންތަން ރެއިޑް ޖެހުމަށް ވިލަރެސްކުރެވިފައިވާ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އެގެއާ ބެހޭ މައުލޫމާތު ދީފައިވަނީ އެކަންކަން ބެލުމަށްފަހުގައެވެ. 

އެއާއެކު އިމިގްރޭޝަންގެ ރިސްކް ސެކްޝަން މުވައްޒަފުން އެ ތަނަށް ހާޒިރުވެ، އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން މައިނުއްދީން ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތަކު 530،000ރ. އާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. 

އެފަހުން، ޖެހިގެން އައި ދުވަހުގެ ރޭ އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްދިނުމަށް އޭނާގެ ސްޕޮންސަރުގެ ނަމުގައި ސައްހަ ނޫން ސިޓީއެއް އިމިގްރޭޝަންގެ މެއިލަށް ފޮނުވާފައިވާއިރު، އެ މެއިލް ލިބުމުން، އޭނާ ދޫކޮށްލާފައިވާ ކަމަށާ، ދޫކުރުމަށް ފަހު، އޭނާގެ އަތުގައި ހުރި ފައިސާ ދިނުމަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ. 

އަދި އެ ފައިސާ ނުދެވޭނެ ކަމަށް މައިނުއްދީން ބުނުމުން، އޭނާގެ އަތުން 500،000ރ. އަތުލުމަށް ޝަމްއާން އަންގާފައިވާ ކަމަށާ، އެންގުމުން، އެ ފައިސާ އަތުލައި ދެ ދުވަސް ތެރޭގައި ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ އިތުރު ދަތިތަކެއް ކުރިމަތިވާނެކަމަށް ބުނެ އޭނާއަށް ބިރުދައްކާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

އެފަހުން، މާޗު މަހުގެ 13 ވަނަ ދުވަހުރޭ ދަންވަރު ޝަމްއާން ދިރިއުޅޭ ގެއަށް އެ އަތުލި ފައިސާ ގެންގޮސް ދިނުމުން އެ ފައިސާގެ ތެރެއިން 400،000ރ. ޝަމްއާން ބަލައިގަނެފައިވާއިރު އެ ފައިސާ އަތުގައި ބެެހެއްޓުމަށް ފަހު، ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން އޭނާގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯންއަކަށް ފައިސާ ދެއްކާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

އެގޮތުން؛

އެއް އެކައުންޓަށް 149،491ރ. ޖަމާކޮށްފައިވޭ 

އަނެއް އެކައުންޓަށް 110،345ރ ޖަމާކޮށްފައިވޭ

ޕީޖީ އޮފީހުން ވަނީ މައިނުއްދީންގެ އަތުން ފޭރިގަނެފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ 500،000ރ.އަށްވާ ބަދަލު އެ ބިދޭސީމީހާއަށް ނަގައިދިނުމަށް ދައުވާގައި އެދިފައެވެ.

ޝަމްޢާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ ވިއްސަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރު ކުރީގެ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭގެ ކުރީން އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރު ކުރި އެވެ.

އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. 

އޭގެ ތެރެއިން، ދެން މި މައްސަލާގައި އެންމެ ގިނަ ދައުވާތަކެއް ކޮށްފައިވާ އިބްރާހީމް އަހުމަދަށް ބިދޭސީ މީހާއަތުން އަތުލި 100،000ރ ދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

ޝަމްއާން ހިމެނޭހެން ހަތަރު މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.