ދީން
27 May 2025 | 07:26
ދުޢާ ކުރަންވީ ހަމައެކަނި ދަރިން ދެއްވުން އެދިއެއް ނޫނެވެ

ޝައްކެއްވެސް ނެތެވެ. ދަރިންނަކީ މި ދުނިޔެ މަތީގައި އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި އެއް ނިޢުމަތެވެ. އެއީ އަހަރެމެންގެ ލޮލުގެ ފިނިކަމާއި ހިތުގެ ހަމަޖެހުމެވެ. އެތަކެއް އަހަރު ވަންދެން ކުރަމުން އައި ދުޢާގެ އިޖާބައެވެ. 
ކަންމިހެން ހުރި އިރު، އެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަހަރުމެން އެންމެންވެސް ނުހަނު އަހައްމިއްޔަތު ކަމެއް ދޭންޖެހޭ ކަމެކެވެ. އެކަމުގެ އެންމެ ފުރަތަމަ މަރުހަލާ ފެށެނީ ތިމާއާ ހަމައިންނެވެ. އަދި ތިމާ ޚިޔާރު ކުރާ ޙަޔާތުގެ ބައިވެރިޔާއިންނެވެ. 

ޙަޔާތުގެ ބައިވެރިއެއް ޚިޔާރު ކުރުން

އަހަރެމެންގެ ތެރެއިން ކޮންމެ ދެމަފިރިއެއްގެ އެންމެ ބޮޑު އެއް އެދުމަކީ އަދި ދުޢާ އަކީ ދަރިން ކަމުގައި ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިވާހަކަ ދެކެވޭއިރު ފުރަތަމަ އުފެދޭ ސުވާލަކަށް ވަނީ ދަރިން ދެއްވުން އެދި ދުޢާ ކުރަންވީ މީހަކާ އިނުމަށްފަހުގައި ތޯ އެވެ؟

ނޫނެވެ. ޙަޔާތުގެ ބައިވެރިއެއް ޚިޔާރު ކުރުމުގެ މާ ކުރިންވެސް އެކަމަށް އެދި ދުޢާ ކުރަން ފެށުން މުހިންމެވެ. އަދި އެ ދުޢާއާއި އެކު، ހެޔޮލަފާ ޞާލިޙް ޙަޔާތުގެ ބައިވެރިއެއް ދެއްވުން އެދި ދުޢާ ކުރުމަކީ އަދި މާ މުހިންމު ކަމެކެވެ. ސަބަބުތައް ވަރަށް ގިނައެވެ. 

ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ތަރުބިއްޔަތު ކުރަން ހުންނަ މީހާ ރަނގަޅު ވެގެންނެވެ. ދަރިން ނަމޫނާ އަކަށް ބަލާނީ އެކުދިންގެ މައިންބަފައިންނެވެ. ޚާއްސަކޮށް މަންމަ އެވެ. ކުއްޖާއާއެކު އެންމެ ގިނަ ވަގުތު ހޭދަކުރާނީ އެ މަންމަ އެވެ. އެއަށްފަހު ބައްޕައެވެ.

ކަން މިހެން ހުރުމުން، ހެޔޮލަފާ ޞާލިޙް ބައިވެރިއެއް ދެއްވުން އެދި ދުޢާ ކޮށް، އެކަމަށްޓަކައި މަސައްކަތްކޮށް އެފަދަ މީހަކު ޚިޔާރުކުރުމަކީ، ތިމާގެ ދަރިފަސްކޮޅު ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ކޮށާލެވޭ މަގެކެވެ. 

ދަރިން ދެއްވުން އެދި ދުޢާ ކުރުން

ހަޔާތުގެ ބައިވެރިޔާއަށްފަހު ދެން ދަރިންގެ ވާހަކަ ދައްކާއިރު، އުފެދޭ ސުވާލަކީ ދަރިން ދެއްވުން އެދި ދުޢާ ކުރާއިރު ހަމައެކަނި ދުޢާ ކުރާންވީ ދަރިއެއް ދެއްވުން އެދި ތޯއޭ ނުވަތަ ނޫން ތޯއެވެ. 

ދަރިންނަށް އޮންނަ ލޯތްބާއި މައިވަންތަ ކަމާއި ބަފައިވަންތަ ކަމުގެ ކުލުނު ހިތުގައި އޮންނަ މިންވަރުން، އަހަރެމެންނަށް އާއްމުކޮށް ދުޢާ ކުރާއިރު ދުޢާ ކުރެވެނީ ހަމައެކަނި ދަރިން ދެއްވުން އެދިއެވެ. 

ނަމަވެސް، ދުޢާކުރަންވީ ހަމައެކަނި ދަރިން ދެއްވުން އެދި އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި ދުޢާކުރަންވީ، ހެޔޮލަފާ، ޞާލިޙް، ތަޤުވާވެރި، ދީންވެރި، އިލްމީ ގޮތުން ޤާބިލް، ހަރުދަނާ، އަދި ތިމާއަށާ މުޅި މުޖުތަމައު އަށާއި ދީނަށް ފައިދާ ހުރި ދަރިންދެއްވުން އެދިއެވެ. އެ ދަރިންނަކީ ތިމާ މަރުވެ ދިޔުމަށްފަހުވެސް ތިމާއަށްޓަކައި ހެޔޮ ދުޢާ ކޮށްދޭނެ ފަދަ ދަރިންނަށް ވުން އެދިއެވެ. އެ ދަރިން ފެނުމުންވެސް ތިމާގެ ހިތްހަމަޖެހޭފަދަ ދަރިން ދެއްވުންއެދިއެވެ. 

ހެޔޮލަފާ ޞާަލިޙް ހަޔާތުގެ ބައިވެރިއެއް ދެއްވުން އެދި ދުޢާ ކުރާއިރު، ދަރިންނަށްޓަކައިވެސް މިފަދައިން ދުޢާ ކުރާށެވެ. އަދި އެފަދަ ދަރިން ތަރުބިއްޔަތު ކުރުމަށް ގަދަ އަޅައި މަސައްކަތް ކުރާށެވެ. 

މުޖުތަމަޢު އިސްލާޙް ކުރެވޭނީ އެފަދަ ޞާލިޙް އެތައް ދަރިންނެއް ތަރުބިއްޔަތު ކުރެވިގެންނެވެ. އެ މަސައްކަތް ފަށަންވީ ތިމާގެ ގެއިންނެވެ. ތިމާއާ ހަމައިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.