ފްރާންސްގެ ރައީސްގެ މޫނުގައި އަންހެނުން ޖަހާ ކަމަށް ބުނާ ވީޑިއީގެ ސްނެޕް ޝޮޓެއް-
ދުނިޔެ
27 May 2025 | 11:55
ފްރާންސްގެ ރައީސް މެކްރޮންގެ މޫނުގައި އަނބިކަނބަލުން ޖަހާތަން ފެންނަ ވީޑިއޯގެ ހަގީގަތް ކިޔައިދީފި

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންގެ މޫނުގައި އަނބިކަނބަލުން ބްރިޖިޓް މެކްރޮން ޖަހާލާތަން ފެންނަ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯގެ ހަގީގަތް ރައީސް މެކްރޮން ހާމަކޮށްދެއްވައިފިއެވެ. 

ވިއެޓްނާމްގެ ވެރިރަށް ހަނޮއީއަށް ކުރެއްވި ދަތުރުފުޅެއްގައި މަތިންދާބޯޓުން ފައިބާވަޑައިގަންނަވާތަން ފެންނަ މި ވީޑިއޯގައި ފެންނަނީ ރައީސް މެކްރޮންގެ މޫނުގައި އަތަކުން ޖަހާލާތަނެވެ. ނަމަވެސް، މި މަންޒަރަކީ އޭނާއާއި އަނބިކަނބަލުން ދެމެދު އާންމުކޮށް ސަމާސާ ކުރުމުގެ ތެރެއިން މަޖަލަކަށް ކޮށް އުޅޭ ކަމެއް ކަމަށް ރައީސް މެކްރޮން ވަނީ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން ދެމަފިރިން އާދައިގެ މަތިން ކުރާ ކަމެއް މިއީ. މިކަމުގައި އެއްވެސް ކަހަލަ ޖަދަލެއް ނުވަތަ ރުޅިވެރިކަމެއް ނެތް،" އެކަމާއި ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މެކްރޮން ވިދާޅުވިއެވެ.

ރައީސް މެކްރޮން އިތުރަށް ވިދާޅުވެފައިވަނީ މީގެ ކުރިން ވެސް އޭނާއާ ގުޅޭ ގޮތުން ނަގާފައިވާ އެހެން ވީޑިއޯތަކެއް ވެސް ނުރަނގަޅު ގޮތުގައި މާނަކުރެވިފައިވާ ކަމަށެވެ.

"މީހުން ހީކޮށްފައިވޭ އަހަރެން ކޮކެއިން ބޭނުންކުރާ ކަމަށް، ތުރުކީގެ ރައީސްއާ ޖަގަޑާ ހަދާ ކަމަށް، އަދި މިހާރު އަނބިމީހާއާ ޖަގަޑާ ހަދާ ކަމަށް... މިއިން އެއްވެސް ކަމަކީ ހަގީގަތެއް ނޫން. އެންމެން ވެސް ހަމަޖެހިލަން ޖެހޭ،" ރައީސް މެކްރޮން ވިދާޅުވިއެވެ.

މި ވީޑިއޯ ރަޝިއާގެ ސަރުކާރު މީޑިއާތަކާއި ފްރާންސްގެ އެކި އެކި މީސްމީޑިއާ އެކައުންޓްތަކުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ރަޝިއާގެ ޚާރިޖީ ކަންތައްތަކާބެހޭ މިނިސްޓްރީގެ ތަރުޖަމާނު މަރިއާ ޒަކަރޯވާ ވެސް މި ވީޑިއޯއާ ގުޅޭ ގޮތުން ފުރައްސާރަކުރާ ގޮތަށް ވާހަކަދައްކާފައިވެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.