ސްޕޭސް އެކްސްގެ ޓެސްޓް ފްލައިޓެއް: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
28 May 2025 | 09:41
މަސްކުގެ ސްޓާޝިޕް ޓެސްޓް ފްލައިޓެއް ކޮންޓްރޯލް ގެއްލި، އިންޑިޔާ ކަނޑަށް ވެއްޓިއްޖެ

ބިލިއަނަރު އެލޮން މަސްކްގެ ކޮމާޝަލް ސްޕޭސް ފްލައިޓް ކުންފުނި، ސްޕޭސްއެކްސްގެ 9 ވަނަ ސްޓާޝިޕް ޓެސްޓް ފްލައިޓް ދަތުރު ފެށި 30 މިނެޓަށްފަހު ކޮންޓްރޯލް ގެއްްލި، އިންޑިޔާ ކަނޑަށް ވެއްޓިއްޖެއެވެ.

ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެކްސަސްގެ ސްޓާބޭސް އިން ލޯންޗްކުރި މި މިޝަންގެ މަގްސަދަކީ އޯބިޓަށް ވަނުމާއި ރީއެންޓްރީއަށް ސްޓާޝިޕްގެ ގާބިލްކަން އިތުރަށް ކަށަވަރުކުރުމެވެ.

ބުދަ ދުވަހު ރޭ 11:36 ލޯންޗުކުރި މި މެގާ-ރޮކެޓް މިއަދު ވެއްޓިފައިވަނީ ރޮކެޓުގައި ހުރި ތެލުގެ ލީކެއްގެ ސަބަބުން ސްޕޭސްގައި ކޮންޓްރޯލް ނުކުރެވޭ ގޮތަށް ދައުރުވާން ފެށުމުން ކަމަށް ރޮއިޓަރސްއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ސްޕޭސްއެކްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގީ ކުއްލި އަކަށް ކަމަށާ، އޭގެ ސަބަބުން ރޮކެޓް ހަލާކުވެފައިވާ ކަމަށެވެ.

"މިފަދަ ޓެސްޓެއްގައި، ކާމިޔާބު ލިބެނީ އަޅުގަނޑުމެންނަށް ދަސްވާ އެއްޗަކުން. އަދި މިއަދުގެ ޓެސްޓުން ސްޓާޝިޕަށް އޮންނަ އިތުބާރު އިތުރުކުރުމަށް އެހީތެރިވާނެ. ސްޕޭސްއެކްސްއިން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނީ އިންސާނުންނަށް ގިނަ ގުރަހަތަކުގައި ދިރިއުޅެވޭނެ ގޮތް ހޯދަމުން،" އެކްސް އިން ބުނެފައިވެއެވެ.

403 ފޫޓު (123 މީޓަރު) ދިގު މި ރޮކެޓްގެ ކޮންޓްރޯލް ގެއްލުމުގެ ކުރިން، އޭތި ވަނީ މީގެކުރިން ފެއިލްވި ޓެސްޓް-ލޯންޗްތައް ދަތުރުކުރި ހިސާބަށްވުރެ އިތުރަށް ދަތުރުކޮށްފައެވެ.

މަސްކް ވަނީ ސްޓާޝިޕް ތަރައްގީކުރުމަށް ބިލިއަން ޑޮލަރުތަކެއް ހޭދަކޮށްފައެވެ. އޭނާގެ ސްޕޭސްއެކްސްއިން އަންނަނީ ނާސާއާ ގުޅިގެން މީގެ 50 އަހަރު ފަހުން އިންސާނުން ހަނދަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.