ސަރުކާރަށް ސްޓްރާޑާއިން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ: އޭސީސީ

20 May 2019 | 17:41

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ތިން މިލިއަނަށް ވުރެ ގިނަ ފައިސާ ސަރުކާރަށް ދައްކަން ޖެހޭ ކަމަށް އެސީސީން ބުނެފި އެވެ.

ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ޗާޓައިމް ކެފޭ އެތަނުން ނެގުމަށްޓަކައި ބަދަލު ނަގައިދިނުމަށް ހުސައެޅުމާގުޅިގެން އޭސީސީން މައްސަލަ ބެލުމަށްފަހު އެކޮމިޝަނުން އާންމުކުރި ބަޔާނުގައިވަނީ ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި 1,439,363.00ރ. އަދި ސީ.އެސް.އާރު.ގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ ދެ މިލިއަން ރުފިޔާއާ އެކު ޖުމުލަ ތިން މިލިއަނަށް ވުރެ ގިނަ ފައިސާ އެ ކުންފުނީން ސަރުކާރަށް ދައްކަން ޖެހޭކަމަށެވެ.

އޭސީސީން ނެރުނު ބަޔާނުގައިވަނީ ޕްލެޓްފޯމް ތަރައްގީކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމު ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާކަމަށެވެ. އެގޮތުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1,439,363.00 ރުފިޔާ ނުދައްކައި ވާކަމަށެވެ.

ދައުލަތާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހަދައިފާވައި އެއްބަސްވުމުގެ މުއްދަތަކީ ތަން އިމާރާތްކުރުމަށް ދޭ ހަ މަސްދުވަހުގެ ގްރޭސްޕީއަޑްގެ އިތުރުން ތިން އަހަރުދުވަހެވެ.

Advertisement

ކޮމެންޓް

Advertisement